English Edition
Dhivehi Edition

ގޯލްޑެން ފުޓްސެލް ޗެލެންޖް 2017 ގެ ރައުންޑް އޮފް 16 ގައި ސ. ފޭދޫ އާއި ހދ.ކުމުންދޫ ބައްދަލުކުރި މެޗު ފޭދޫއިން ކާމިޔާބުކޮށް މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގައެއް ކަށަވަރުކޮށްފިއެވެ. ރޭ މާފަންނު ފުޓްސެލް ގްރައުންޑް1 ގައި ކުޅުނު މިމެޗު ފޭދޫއިން ކާމިޔާބުކޮށްފައިވަނީ 3 ލަނޑު 2 ލަނޑުންނެވެ.

ދެ ޓީމުގެ ފަރާތުންވެސް މޮޅު ކުޅުމެއް ފެނިގެން ދިޔަ މިމެޗުގައި ފުރަތަމަ ލަނޑު ފޭދޫ ޓީމުގެ ސިމާޢު ސަޢީދު ކާމިޔާބުކޮށްދީފައިވާއިރު އޭގެ އިރުކޮޅެއް ފަހުން ކުމުންދޫ ޓީމުން ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ.ދެ ޓިމުންވެސް މެޗުގެ ނަތީޖާ ބަދަލުކޮށް ލީޑު ފުޅާކުރުމަށް ގިނަ މަސައްކަތްތެކެއްކޮށްފައިވާއިރު މެޗުގެ ފުރަތަމަ ހާފް ނިމެން ކައިރުވެފައިވަނިކޮށް ފޭދޫ ޓީމުގެ ހަސަން އަޒްވާން ލަބީބު ވަނީ ފޭދޫ ޓީމަށް މެޗުގެ ލީޑު ފުޅާކޮށްދީފައެވެ.

މެޗުގެ ދެވަނަ ހާފުގައި ދެޓީމުގެ ފަރާތުންވެސް ފޯރިގަދަ ކުޅުމެއް ފެނިގެން ގޮސްފައިވާއިރު ކުމުންދޫ އިން ވަނީ މެޗުގެ ނަތީޖާ ބަދަލުކޮށްލުމަށް ގިނ މަސައްކަތްތަކެއް ކޮށްފައެވެ. މި ގޮތުން ދެވަނަ ހާފު ފެށިގެން މާގިނައިރެއް ނުވެ ކުމުންދޫއިން ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ.. ކުމުންދޫގެ ލަނޑަށް ފަހު ފޭދޫ ޓީމުން ވަނީ އެ ޓީމުގެ ކުޅުން ވަރުގަދަކޮށް ގިނަ ހަމަލާތަކެއް އުފައްދާފައެވެ. މި ގޮތުން ފޭދޫ މޮޅުވި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ އަޒްވާން އެވެ.

ރޭ ގެ މެޗުގެ މޮޅުކުޅުންތެރިއަކަށް ހޮވިފައިވަނީ މެޗުގައި ފޭދޫ ޓީމަށް 2 ލަނޑު ކާމިޔާބުކޮށްދިން ހަސަން އަޒްވާން ލަބީބެވެ.