English Edition
Dhivehi Edition

2018 ވަނަ އަހަރު ޖެނުއަރީމަހު އައިޖީއެމްއެޗުގައި ފެށުމަށް ހަމަޖެހިފައިވާ މެޑިކަލް އިންޓަރންޝިޕް ޕްރޮގްރާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާއިފިއެވެ.

ޖެނުއަރީ މަހުގެ 11 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ އިންޓަރންޝިޕް ޕްރޮގްރާމްގެ ފުރަތަމަ ބުރުގައި 20 ޖާގައަށް އޮންލައިންކޮށް ފޯމު ހުށެހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، ދަރިވަރުން ހޮވުމުގައި އިސްކަންދެވޭނީ ފޯމްހުށަހަޅާ ތަރުތީބުންކަމަށް އައިޖީއެމް ހޮސްޕިޓަލުން ވަނީ ބުނެފައެވެ. މީގެ އިތުރުން އެ ހޮސްޕިޓަލުން ބުނެފައިވަނީ އިންޓަރންޝިޕްގައި ބައިވެރިވުމުގެ ފުރުސަތުލިބޭނީ އެމްބީބީއެސް ފުރިހަމަކޮށް މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލުން ދޫކުރާ “ޕްރޮވިޝަނަލް ރެޖިސްޓްރޭޝަން ފޮރ އިންޓަރންޝިޕް” ސެޓްފިކެޓް ލިބިފައިވާ ފަރާތްތަކަށްކަމަށެވެ.

ރާއްޖޭގައި މުޅިން އަލަށް ފަށާ މި މެޑިކަލް ޕްރޮގްރާމްގެ އިފްތިތާޙްކޮށްދެއްވާ ވާހަކަދައްކަވަމުން މިނިސްޓަރ އޮފް ހެލްތު ޢަބްދުﷲ ނާޒިމް ވިދާޅުވީ ރާއްޖެ ތަރައްޤީވަމުންދާއިރު ސިއްޙީގޮތުން ހޯދަމުންދާ ކާމިޔާބީތަކަކީ ފާހަގަކޮށްލެވޭ ކުރިއެރުންތަކެއްކަމަށެވެ.. އެމްބީބީއެސް ހެދުމަށްފަހު އިންޓަރންޝިޕް ހެދުމުގައި ދިވެހި ދަރިވަރުންނަށް ގިނަ ދަތިތަކެއްހުރިކަން ފާހަގަކޮށް ހެލްތު މިނިސްޓަރ ވިދާޅުވީ މިޕްރޮގްރާމްގެ ސަބަބުން މި ގޮންޖެހުންތައް ހައްލުވެގެންދާނެކަމަށެވެ.

މިޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ޑިސެމްބަރުމަހުގެ 5 ވަނަ ދުވަހާއި ހަމައަށް ވަނީ ހުޅުވާލާފައެވެ.