English Edition
Dhivehi Edition

ބޮލީވުޑްގެ މަޝްހޫރު ބަތަލާ ބިޕާޝާ ބާސޫ އާއި ކަރަން ސިންގް ގްރޯވަރ އަށް ދަރިއަކު ލިބިއްޖެއެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ބިޕާޝާ ވިހާފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ. ބިޕާޝާ އާއި ކަރަން އަށް އަންހެން ކުއްޖަކު ލިބުމާއި ގުޅިގެން ގިނަ ބަޔަކު އެ ދެމަފިރިންނަށް މަރުހަބާ ކިޔާމުން އަންނައިރު، ބިޕާޝާވަނީ ކުޑަ ދަރިފުޅުގެ ފައިގެ ފޮޓޯއެއް ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ.

ބިޕާޝާ އާއި ކަރަން ކައިވެނިކުރީ 2016 ވަނަ އަހަރު ގައެވެ. ބިޕާޝާ އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ 2020 ވަނަ އަހަރު އެމްއެކްސް ޕްލެޔަރގެ ވެބް ސީރީޒްޑެންޖަރަސްއިންނެވެ.