English Edition
Dhivehi Edition
ވަގުތު އިމޭޖަސް: އިބްރާހިމް ޝާބިލް

މާލޭގައި ރޭ ހިނގި އަލިފާނުގެ ހަދިސާގައި ދިހަ މީހަކު ނިޔާވެފައިވާކަމަށް ފުލުހުން ބުނެފިއެވެ.

އިސްކަންދަރު މަގާއި ކޯރުކެނޑި މަގާއި ގުޅޭ ކަންމަތީގައި ހުރި ގަރާޖެއްގައި ރޭ މެންދަމު 00:30 ގައި ހިނގި މި ހާދިސާގައި 14 މީހަކު ސަލާމަތްކޮށްފައިވާ ކަަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

މި ހާދިސަ ހިނގި ސަރަހައްދުގައި އެމްއެންޑީއެފް އާއި ފުލުހުން ހަރަކާތްތެރިވަމުން އަންނައިރު އަލިފާން ރޯވާން މެދުވެރިވި ސަބަބު އަދި ރަސްމީ އިދާރާއަކުން ހާމަކޮށްފައެއް ނުވެއެވެ.