English Edition
Dhivehi Edition
ރާއްޖޭގައި އަނެއްކާވެސް ކޮވިޑް ކޭސްތަކުގެ އަދަދު މަތިވަމުންދާތީ އެކަމަށް ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފި އެވެ.
އެޗްޕީއޭއިން އާންމުކުރި ނޫސްބަޔާނުގައި ބުނެފައިވަނީ މިދުވަސް ކޮޅު ރާއްޖޭގެ އެކި ހިސާބުތަކުން ހުމާއި އަރިދަފުސް ރޯގާ އާއި ކޮވިޑް-19 ފަދަ ބަލިތައް ރިޕޯޓުކުރާ އަދަދު އިރުވަމުން އަންނަ ކަމަށް އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކާ ކަމަށެވެ.
އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ސެޕްޓެމްބަރު މަހާ އަޅާ ބަލާއިރު މިދިޔަ މަހު ކޭސްތައް ވަނީ 77 އިންސައްތަ އިތުރުވެފަ ކަމަށާއި ސެޕްޓެމްބަރު މަހު 185 ކޮވިޑް ކޭސް ރިޕޯޓްކޮށްފައިވާއިރު މިދިޔަ މަހު އެ އަދަދުވަނީ 328 އަށް އިތުރުވެފައިވާ ކަމަށް އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކާ ކަމަށް އެޗްޕީއޭގެ ބަޔާނުގައި ވެއެވެ.
އަދި ކޮވިޑްގެ އާ ވޭރިއެންޓްތައް ވެސް ދުނިޔޭގެ އެކި ހިސާބުތަކުގައި އިތުރުވަމުން އަންނަ ކަމަށާއި ކޮވިޑް-19 އިން ރައްކާތެރިކުރުމަށް ހުރިހާ ފަރާތްތަކުން ވެސް ރައްކާތެރިކަމުގެ ފިޔަވަޅުތަކަަށް އަބަދުވެސް ސަމާލުވުމަށް އިލްތިމާސް ކުރާކަމަށް އެޗްޕީއޭގެ ބަޔާނުގައި ބުނެފައިވެއެވެ.
ރާއްޖޭގައި ކޮވިޑު ޖެހުނު މީހުންގެ އަދަދު 185000 އަށްވުރެ މައްޗަށް އަރާފައިވާއިރު، 308 މީހުންވަނީ ކޮވިޑުގު ބަލީގައި ނިޔާވެފައެވެ.
އެޗްޕީއޭގެ ނޫސްބަޔާން
https://twitter.com/MoHmv/status/1589933429214580738?s=20&t=TfQ–CZLIS743ZDf5apnxQ