English Edition
Dhivehi Edition

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުގައި އަލްމޭރިއާ ބަލިކޮށް ބާސެލޯނާ އިން ތާވަލުގެ އެއް ވަނަ އަށް ޖެހިލައިފިއެވެ.

ބާސެލޯނާގެ އަމިއްލަ ދަނޑުގައި އަލްމޭރިއާ އާއި ދެކޮޅަށް ކުޅުނު މެޗު އެ ޓީމުން ކާމިޔާބުކުރީ 0-2 އިންނެވެ.

ރޭ އަލްމެއިރާ އާއި ދެކޮޅަށް ބާސާ ކުޅުނު މި މެޗުގައި ބާސެލޯނާގެ ކެޕްޓަން ބޭންޑު އެޅީ ޖެރާޑް ޕީކޭއެވެ. އެއީ ޕީކޭ ބާސެލޯނާގެ ޖާޒީގައި ކުޅުނު ފަހު މެޗެވެ. މި މެޗަށް ފަހު ޕީކޭ ވަނީ އޭނާ ފުޓުބޯޅަ ކުޅުން ހުއްޓާލާނެ ކަން ރަސްމީ ކޮށް އިއުލާންކޮށްފައެވެ.

މި މެޗުގެ ފުރަތަމަ ހާފު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެ އޮވެއެވެ. ނަމަވެސް މި ހާފުގައި ބާސާއަށް ވަނީ ލީޑުނަގަން މެޗުގެ ވަރަށް ކުރީކޮޅު ޕެނަލްޓީ އެއް ލިބިފައެވެ. އެއީ އަލްމެއިރާގެ ޑިފެންޑަރެއްގެ އަތުގައި ބޯޅަ ޖެހުމުން ލިބުނު ޕެނަލްޓީއެކެވެ. ނަނަވެސް ފޯވާޑް ރޮބާޓް ލެވަންޑޯސްކީ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ.

ދެ ވަނަ ހާފު ފަށައިގެން ތިން ވަނަ މިނެޓުގައި ބާސެލޯނާ އަށް ލީޑު ނަގައިދިނީ އޮސްމާން ޑެމްބެލޭއެވެ. ބާސެލޯނާގެ ދެ ވަނަ ލަނޑު މެޗުގެ 68 ވަނަ މިނެޓުގައި ޖެހީ ފްރެންކީ ޑިޔޯންއެވެ.

މެޗުން މޮޅުވެ ބާސެލޯނާ އެއް ވަނައިގައި އޮތީ ދެ ޕޮއިންޓުގެ ލީޑަކާއި އެކުގަައެވެ. ޗެމްޕިއަން ރެއާލް މެޑްރިޑަށްވުރެ އެއް މެޗު އިތުރަށް ކުޅެގެން ބާސެލޯނާ އަށް ލިބެނީ 13 މެޗުން 34 ޕޮއިންޓެވެ. ދެ ވަނައިގައި އޮތް ރެއާލަށް ލިބެނީ 12 މެޗުން 32 ޕޮއިންޓެވެ.