English Edition
Dhivehi Edition

މި ހިނގާ ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހު ގަތަރުގައި ފަށާ ދުނިޔޭގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތުގައި ކުޅުމުގެ ނަސީބު ލިބިފައިނުވާ މަޝްހޫރު އެތަކެއް ތަރިންތަކެއް އެބަ ތިއްބެއެވެ. ޔޫރަޕުގެ މަޝްޙޫރު ބޮޑެތި ލީގުތަކުގައި މޮޅު ކުޅުމެއް ދައްކަމުން ބައެއް ކުޅުންތެރިން އަންނައިރު، މިފަހަރުގެ ވޯލްޑް ކަޕުގައި ކުޅެލުމުގެ ފުރުސަތު އެ ކުޅުންތެރިންނަށް ނުލިބުމަކީ ހަމަޔާގިނުންވެސް އެކަމާއި އެ ކުޅުންތެރިން ކަންބޮޑުވެ ދެރަވާނޭ ކަމެކެވެ. މި ލިޔުމުގައި މި ބަލާލަނީ މިފަހަރުގެ ވޯލްޑް ކަޕަށް ކޮލިފައި ނުވުމުގެ ސަބަބުން އެގަުމުތަކަށް ނިސްބަތްވާ، ވޯލްޑް ކަޕް ކުޅެލުމުގެ ނަސީބު ލިބިފައިނެތް ބައެއް ކުޅުންތެރިންނަށެވެ.

އާލިންގް ހާލަންޑް (ނޯވޭ)

ހާލަންޑް އަކީ މިވަގުތު އިނގިރޭސި ޕްރިމިއާ ލީގުގެ ޓޮޕް ސްކޯރާއެވެ. މެންޗެސްޓަރ ސީޓީގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ހާލަންޑްގެ ގޯލު ޖެހެމުހެ ހުނަރަށް ބުނާނެ ވަކި އިތުރު އެއްޗެއް ބެތެވެ. ޔޫރަޕްގެ ޓޮޕް ސްޓްރައިކަރުގެ ގޮތުގައި ބެލެވިފައިވާ ހާލަންޑަށް ލިބުނު އެންމެ ބޮޑު ހިތްދަތި ކަމަކީ މިފަހަރު ގަތަރުގައި އޮންނަ ވޯލްޑް ކަޕްގައި ކުޅެލުމުގެ ފުރުސަތު ނުލިބުމެވެ. ނޯވޭއަށް އުފަން ހާލަންޑް އަށް މިފަހަރުގެ ވޯލްޑް ކަޕުން ފުރުސަތު ގެއްލުމީ އުފަން ގައުމު ވޯލްޑް ކަޕަށް ކޮލިފައި ނުވުމުންނެވެ.

މުހައްމަދު ސަލާހު (މިސްރު)

ލިވަޕޫލްގެ ތަރި ދަލާހުއަށް ވެސް މިފަހަރުގެ ވޯލްޑް ކަޕުގައި ކުޅެލުމުގެ ފުރުސަތެއް ނުލިބުނެވެ. މިސްރު މިފަހަރުގެ ވޯލްޑް ކަޕަށް ކޮލިފައި ނުވުން ވޯލްޑް ކަޕުގައި ކުޅުމުގެ ނަސީބު ސަލާހުއަށް ނުލިބުނުއިރު، އޭނާ އަކީ މިވަގުތު އިނގިރޭސި ޕްރިމިއާ ލީގުގައި ތަފާތު ދައްކަމުން އަންނަ މޮޅު ފޯވާޑެކެވެ. ކޮންމެ ސީޒަނެއްގައި ވެސް މޮޅު ކުޅެއް ދައްކާ ގިނަ ލަނޑުތަކެއް ޖަހަމުން އަންނަ ސަލާހުއަށް މިފަހަރުގެ ވޯލްޑް ކަޕް ފުތްބޯޅަ މުބާރާތުގައި ކުޅުމުގެ ނަސީބު ނުލިބުމަކީ އޭނާއަށް ކުރިމަތޮވި ބޮޑު ހިތްދަތިކަމެކެވެ.

ލުއިސް ޑިއާޒް (ކޮލަމްބިއާ)

މި ސީޒަނުގައި ލިވަޕޫލުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ލުއިސް ޑިއާޒް އަށް ވެސް މިފަހަރުގެ ވޯލްޑް ކަޕް ގައި ކުޅމުގެ ފުރުސަތު ގެއްލުނީ އޭނާ ނިސްބަތްވާ ގައުމު ކޮލަމްބިއާ މިފަހަރުގެ ވޯލްޑް ކަޕަށް ކޮލިފައި ނުވުމުންނެވެ.

ޕިއެރޭ-އެމެރިކް އޮބަމެޔަންގް (ގޭބޮން)

ޗެލްސީ ފޯވަޑް އެމެރިކް އޮބަމަޔެންގް އަކީ ޔޫރަޕުގެ ފުޓްބޯޅައިގައި ނަން މަޝްޙޫރު ކުޅުންތެރިއެއް ނަމަވެސް ގައުމީ ފެންވަރުގައި ބޮޑެ މުބާރާތްތަކެއް ކުޅުމުގެ ނަސީ އޭނާއަށް ލިބިފައެއް ނުވެއެވެ. އެގޮތުން މިފަހަރު ގަތަރުގައި ބޭއްވޭ ދުނިޔޭގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތައް ގޭބޮން ކޮލިފައި ނުވުމުން އޮބަމަޔެންއަށް ވަނީ މިފަހަރުގެ ވޯލްޑް ކަޕުގައި ކުޅުމުގެ ފުރުސަތު ނުލިބިފައެވެ. އޮބަމަޔެންއަށް އަދި މިހާތަނަށް އޭނާގެ ކެރިއަރުގައި ވޯލްޑް ކަޕެއް ކުޅެމުގެ ފުރުސަތު ލިބިފައެއް ނުވެއެވެ.

ފްރެންކް ކެސީ (އައިވަރީ ކޯސްޓް)

މިވަގުތު ސްޕެއިންގެ ބާސެލޯނާއަށް ކުޅެމުން އަންނަ މިޑްފީލްޑަރު ކެސީއަށް ވެސް މިފަހަރުގެ ވޯލްޑް ކަޕުގައި ކުޅުމުގެ ފުރުސަތު ލިބިފައި ނުވަނީ އޭނާ ނިސްބަތްވާ ގައުމު އައިވަރީ ކޯސްޓް މިފަހަރުގެ ވޯލްޑް ކަޕަށް ކޮލިފައި ނުވުމުންނެވެ.

މާޓިން އޮޑެގާޑް (ނޯވޭ)

އާސެނަލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ މާޓިން އޮޑިގާޑަށް ވެސް މިފަހަރުގެ ވޯލްޑް ގައި ކުޅުމުގެ ފުރުސަތު ވަނީ ގެއްލިފައެވެ. ކުލަބު ފެންވަރުގައި މޮޅު ކުޅުމެއް ދެއްކި ނަމަވެސް ގައުމީ ފެންވަރުގައި މއެ މޮޅުކަން ދައްކާލަން އޮޑިގާޑަށް ފުރުސަތު ނުލިބުމަކީ އޭނާއަށް ކުރިމަތިވާނޭ އެންމެ ބޮޑު ހިތާމައެވެ. އޮޑިގާޑަށް މިފަހަރުގެ ވޯލްޑް ގެއްލުނީ ނޯވޭ ވޯލްޑް ކަޕަށް ކޮލިފައި ނުވުމުންނެވެ.

ވިކްޓަރ އޮސިމެން (ނައިޖީރިއާ)

އިޓަލީގެ ނަޕޮލީގައި މޮޅުކުޅުމެއް ދައްކަމުން އަންނަ އިސޮމެން އަށް ވެސް މިފަހަރުގެ ވޯލްޑް ކަޕް ގެއްލުނީ އޭނާ ނިސްބަތްވާ ގައުމު ނައިޖީރިއާ މިފަހަރުގެ ވޯލްޑް ކަޕަށް ކޮލިފައި ނުމުންނެވެ.

ގައުމު ކޮލިފައި ނުވުމުގެ ބަސަބުން މިފަހަރުގެ ވޯލްޑް ކަޕުގައި ނުކުޅެވޭ އިތުރު ކުޅުންތެރިން:

ވިލްފްރޭޑް ޒަހާ ( އައިވަރީ ކޯށްޓް)

ޑޭވިޑް އަލަބާ ( އޮސްޓްރިއާ)

ޕެޓްރިކް ޝީކް (ޗެކް ރިޕަބްލިކް)

މާކޯ ވެރާޓީ (އިޓަލީ)

ފްޑްރިކް ކިއޭސާ (އިޓަލީ)

ތޯމަސް ސައުސެކް ( ޗެކް ރިޕަބްލިކް)

ރިޔާދް މަހުރޭޒް ( އަލްޖީރިއާ)

ޖޯސެފް މާތިނޭޒް (ވެނެޒުއެލާ)

ނަބީ ކިއޭޓާ ( ގައިނީ)

ނިގޭލް އަލްމިރޮން (ޕެރަގުއޭ)

އެޑިން ޒެކޯ (ބިޒްނިއާ)

ޒަލަޓާން އިބުރަހިމަވިޗް ( ސްވިޑެން)