English Edition
Dhivehi Edition
ގަން އެއަރޕޯޓްގެ އޭރިއަލް ވިއުއެއް/ފޮޓޯ ޓުވިޓަރ

ގަން އިންޓަނޭޝަނަލް އެއަރޕޯޓްގައި “ފުލް ސްކޭލް އިމަރޖެންސީ އެކްސަރސައިޒް” އެއް ހިންގުމަށްޓަކައި ގަމުގެ އެއަރޕޯޓްގައި ހިންގާ ހުރިހާ އޮޕަރޭޝަނެއް މެދުކަނޑާލަން ނިންމައިފިއެވެ.

ގަން އިންޓަނޭޝަނަލް އެއަރޕޯޓް ކުންފުނިން ޢާންމުކޮށްފައިވާ އިޢުލާނެއްގައި ވާގޮތުން 2022 ނޮވެންބަރ 02 ވާ ބުދަ ދުވަހުގެ ހެނދުނު 9 އަކުން މެންދުރު ފަހު 3 ޖަހަންދެން ފުލްސްކޭލް އިމަރޖެންސީ އެކްސަސައިޒެއް ގަމުގައި ކުރިއަށްދާނެއެވެ. “އެކްސަސައިޒް މާރަނގަ 22 “ގެ ނަމުގައި ކުރިއަށްދާ މިއެކްސަސައިޒް ހިންގާ ވަގުތު އެއަރޕޯޓްގެ ހުރިހާ އޮޕަރޭޝަންތައް ހުއްޓާލާނެ ކަމަށާއި އަދި އެކްސަސައިޒް ނިމެންދެއް އެކްސަސައިޒްގެ ބައިވެރިންނާއި އުޅަނދުތައް ފިޔަވައި އެހެނިހެން ފަރާތްތަކާއި އުޅަނދުތަކަށް ،ގަމުގެ ކޯޒްވޭ ފެށޭ ހިސާބުން ފެށިގެން ގަން ބަންދު ކުރެވޭނެކަމަށް އެއަރޕޯޓް ކޮމްޕެނީން ހާމަކޮށްފައިވެއެވެ.

“އެކްސަސައިޒް މާރަނގަ 22 ” އަކީ އެއަރޕޯޓް އިމަރޖެންސީ އެއް ދިމާވެއްޖެ ޙާލަތެއްގައި އެއަރޕޯޓާއި، ކަމާއިބެހޭ މުއައްސަސާތައް އެކަމަށް ތައްޔާރުވެފައިވާ މިންގަނޑާއި އެއަރޕޯޓުން ޚިދުމަތް ހޯއްދަވާ އެންމެހާ ފަރާތްތަކަށް ލިބިދޭންޖެހޭ ރައްކާތެރިކަން ދެމެހެއްޓެނޭކަން ކަށަވަރު ކޮށްދިނުމުގެ ގޮތުން ބާއްވާ އެކްސަރސައިޒެކެވެ.

މި އެކްސަސައިޒް ހިނގަމުންދާ ވަގުތު، ހިތަދޫ ރީޖަނަލް ހޮސްޕިޓަލް އިން ފެށިގެން ގަން އެއަރޕޯޓާއި ދެމެދު އިމަރޖެންސީ ވެހިކަލްތަކާއި މީހުން ޙަރަކާތްތެރި ވާނެކަމަށް އިޢުލާނުގައި ފާހަގަ ކޮށްފައިވެއެވެ.