ވިލިމާލެ ޕޮލިސް ސްޓޭޝަނުން ތަޙުޤީޤު ކުރަމުންދާ މަސްތުވާތަކެތީގެ މައްސަލައަކާ ގުޅިގެން ހިތަދޫ މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.
މިމައްސަލައާ ގުޅިގެން ހޯދަމުންދަނީ ސ. ހިތަދޫ، ހިތިގަސްދޮށުގެ، ޢަބްދުﷲ އަޒުޙީން (24އ) އެވެ.
ޢަބްދުﷲ އަޒުޙިން އާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ވިލިމާލެ ޕޮލިސް ސްޓޭޝަންގެ ނަންބަރު 3392041 އަށް ނުވަތަ 9790083 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ވަނީ އެދިލައްވަވާފައެވެ.
މަސްތުވާތަކެތީގެ މައްސަލައެއްގައި ހިތަދޫ މީހަކު ހޯދަމުން ދާއިރު ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވުމުގެ މައްސަލައަކާ ގުޅިގެން ވެސް ހިތަދޫ މީހަކު ހޯދުމަށް ފުލުހުން ވަނީ އިއުލާން ކޮށްފައެވެ. މި މައްސަލާގައި ހޯދަމުން ދަނީ ސ. ހިތަދޫ، ބޯށިވަލުގެ، ޙުސައިންދީދީ (37އ) އެވެ.