English Edition
Dhivehi Edition

މާލޭ ސިޓީ ކައުންސިލުން ހިންގާ ގަސް އިންދުމުގެ ޕްރޮގްރާމަށް, ގެންދިޔަ ގަސްތަކަށް އަދިވެސް ފައިސާ ދައްކާ ނުވާ މައްސަލަ ފެންމަތިވެއްޖެއެވެ.

އައްޑޫ މީދޫ ޒުވާން ދަނޑުވެރިޔާ އަބްދުﷲ ރަމްޒީ އަތުން، މާލެ ސިޓީ ކައުންސިލުން ގެންދިޔަ 80 ފޭރު ގަހަށް އަދިވެސް ފައިސާ ދައްކާފައި ނުވާއިރު މި ގަހުގެ ޖުމްލަ އަގަކީ 16،000 ރުފިޔާއެވެ.

މިދިޔަ އޮގަސްޓްމަހު މާލެ ސިޓީ ކައުންސިލުން ގެންދިޔަ މި ގަސްތަކަށް ވާ ފައިސާ ހޯދުމަށް، ތަކުރާރުކޮށް މާލެ ސިޓީ ކައުންސިލަށް ގުޅާފައިވާއިރު ރަމްޒީ ވަނީ މި ވާހަކަތަށް ސޯޝަލް މީޑިއަގައިވެސް ހިއްސާކޮށްފައެވެ. ރަމްޒީ ބުނީ މި ވާހަކަ ސޯޝަލް މީޑިއާގައި ހިއްސާކުރަންޖެހުނީ ފައިސާ އަބުރާ ލިބޭނެ އެއްވެސް މަގެއް ނުފެނުމުން ކަމަށެވެ.

 

އިތުރަށް ރަމްޒީ ބުނީ ފޭރު ގަސްތަކުގެ އަގު ދޭނެ ކަމަށް ސިޓީ ކައުންސިލުން ތަކުރާރުކޮށް ބުނެފައި ވިޔަސް އެކަމާ ގުޅޭ ގޮތުން މިހާރު އެއްވެސް ޖަވާބެއް ނުދޭ ކަމަށެވެ.