English Edition
Dhivehi Edition

ޔޫރޮޕާ ލީގުގައި ރޭ އާސެނަލް ބަލިކޮށް ދެވަނަ ބުރުގެ ޖާގައެއް ޕީއެސްވީ އެއިންދޮވާން ކަށަވަރުކޮށްފިއެވެ.

ރޭ އަމިއްލަ ދަނޑުގައި އާސެންލަގެ މައްޗަށް ޕީއެސްވީ އިން ކުރި ހޯދީ 0-2 ގެ ނަތީޖާއިންނެވެ.

ރޭގެ މެޗުންބަލިވި ނަމަވެސް އާސެނަލަށް އޮތީ ދެވަނަ ބުރުން ޖާގަ ލިބިފައެވެ. އަދި ރޭގެ މެޗުން މޮޅުވެގެން ވެސް ޕީއެސްވީ އަށް ޕޮއިންޓުގެ ގޮތުން އާސެނަލްގެ މައްޗަށް ކުރި ހޯދިފައެއް ނުވެއެވެ. ނަމަވެސް މި މެޗުން މޮޅުވުމުން ޕީއެސްވީއަށް ވަނީ ދެވަނަ ބުރު ޔަގީންވެފައެވެ. އެއީ ގުރޫޕު އޭގެ ދެވަނަ ޓީމުގެ ގޮތުގައެވެ.

ރޭގެ ނަތީޖާއާއި އެކު އާސެނަލް އެޓީމު ކުޅުނު ފަސް މެޗުން 12 ޕޮއިންޓް ހޯދައިގެން އޮތީ އަދިވެސް ގުރޫޕުގެ އެއްވަނަ މަގާމުގައެވެ. ރޭ އާސެނަލް އަތުން މޮޅުވި ޕީއެސްވީ ދެވަނާގައި އޮތީ ކުޅުނު ފަސް މެޗުން 10 ޕޮއިންޓް ހޯދައިގެންނެވެ. މި ގުރޫޕުގެ ތިންވަނާގައި ފަސް މެޗުން ހަތަރު ޕޮއިންޓް ލިބިގެން އޮތީ ބޯޑޯއެވެ. ފުލުގައި އޮތް ޒިއުރިކް އަށް ފަސް މެޗުން ލިބިފައިވަނީ ތިން ޕޮއިންޓެވެ.

ރޭގެ މެޗުގައި ޕީއެސްވީ އިން ރަނގަޅު ކުޅުމެއް ދެއްކިއެވެ. އެޓީމުން މެޗުގެ ލީޑު ނެގީ ދެވަނަ ހާފުގައެވެ. ޖޯ ވީރްމަން ކާމިޔާބު ކޮށްދިން ލަނޑުން ޕީއެސްވީ ލީޑު ނެގިއިރު އެޓީމުގެ ދެވަނަ ލަނޑު 63 ވަނަ މިނެޓުގައި ޖަހައިދީ ލީޑު ފުޅާކޮށްދިނީ ޖޫ ޑިޔޮންގް އެވެ. މިއީ ގުރޫޕް ސްޓޭޖުގައި އާސެނަލް ބަލި ފުރަތަމަ މެޗެވެ. އަދި ޕީއެސްވީ ހޯދި ތިންވަނަ މޮޅެވެ.