English Edition
Dhivehi Edition

އައްޑޫ ސިޓީ ހިތަދޫއިން މަސްހިފަން މޫދަށް ފައިބައިގެން އުޅެނިކޮށް ގެއްލުނު ޒުވާނާ ކަނޑު އަޑިން ނަގައިފިއެވެ.

އެމްއެންޑީއެފް އިން ބުނީ ޑިންގީއެއްގައި ހިތަދޫން ފުރައިގެން މަސް ހިފަން ދިޔަ މީހުންގެ ތެރެއިން ދެ މީހަކު މޫދަށް ފޭބި އިރު، ގެއްލިފައި ވަނީ އޭގެ ތެރެއިން އެކަކު ކަމަށެވެ. އެ ހާދިސާގެ މައުލޫމާތު އެމްއެންޑީއެފް އަށް ލިބިފައި ވަނީ މިއަދު 11:30 ހާއިރު އިރުއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުން މި ހާދިސާގައި ގެއްލިގެން ހޯދަމުން ދަނިކޮށް ފެނިފައި ވަނީ އައްޑޫ ސިޓީ ހިތަދޫ މުހައްމަދު ތަލާލް ކިޔާ މީހެކެވެ. އޭނާ ކަނޑުގެ އަޑިން ނެގުމަށްފަހު އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލަށް މިހާރު ގެންގޮސްފައިވާއިރު އަދި އޭނާގެ ހާލަތާއި ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައެއް ނުވެއެވެ.