English Edition
Dhivehi Edition

ދިރާގުގެ އަޕްގްރޭޑަޑް “ސަޅި މަންތްލީ 2ޖީބީ” އެޑް-އޮންއާއިއެކު ކަސްޓަމަރުންނަށް މިހާރު އިތުރު ޑެއިލީ ޑޭޓާ ލިބޭނެ ގޮތް ދިރާގުން ހަމަޖައްސައިފިއެވެ.

މި އައު އޮފާރއާއި އެކު ކަސްޓަމަރުންނަށް 30 ދުވަހުގެ މުއްދަތަށް ދުވާލަކު 8ޖީބީ ޑެއިލީ ޑޭޓާ އެންމެ 745 ރުފިޔާއަށް ލިބޭނެއެވެ.

މަހަކު ޖުމްލަ 240 ޖީބީ ލިބޭ މި “ސަޅި މަންތުލީ 2ޖީބީ'” އެޑް-އޮން ސަޅި ޕްރީޕެއިޑް ކަސްޓަމަރުންނަށް ދިރާގު އެޕް މެދުވެރިކޮށް ނުވަތަ 343 އަށް “S2GB30” ޖަހާފައި އެސްއެމްއެސްއެއް ކޮށްލައިގެންވެސް ނެގޭނެއެވެ.

ސަޅި ޕްރީޕެއިޑް ޕްލޭނަކީ ކޮންމެ ދުވަހަކު ރިފްރެޝްކުރެވޭ ޑެއިލީ ޑޭޓާ އެލަވަންސްގެ އަދަދާއި ވެލިޑިޓީ އިޚްތިޔާރު ކުރެވޭގޮތަށް ފަރުމާކުރެވިފައިވާ ޕްލޭނެކެވެ. އަދި މި ޕްލޭން ނަގައިގެން ކަސްޓަމަރުންނަށް ދިރާގުގެ ހުރިހާ ނަމްބަރަކަށްވެސް އަންލިމިޓެޑްކޮށް ހިލޭ ގުޅާލެވޭނެއެވެ.މީގެ އިތުރުންވެސް ދިރާގުގެ ސްޓޭންޑަޑް ޕްރީޕެއިޑް ޕްލޭންތަކަށް ސަބްސްކްރައިބް ކުރައްވާ ކަސްޓަމަރުންނަށް ތަފާތު ގިނަ ޕްލޭންތަކެއް ވަނީ ފަރުމާކޮށްފައެވެ. އެގޮތުން، ދިރާގު ކޮމްބޯ ޕްލޭންސް، ސަޅި ޕްރީޕެއިޑް ޕްލޭންސް އަދި ޒުވާޏުންނަށް ޚާއްސަކޮށްގެ ފަރުމާކޮށްފައިވައި މަމެން ޕްލޭން ހިމެނެއެވެ.

ދިރާގުން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ތަފާތު ގިނަ އައު އޮފާރތައް ހެޔޮ އަގުގައި ކަސްޓަމަރުންނަށް ގެނެސްދިނުމަށް ކަމަށް އެކުންފުނިން ބުނެއެވެ.