English Edition
Dhivehi Edition

ސިނގިރޭޓު ބުއިމަކީ މިއަދުގެ މި މުޖުތަމަޢުގައި ވަރަށް އާނުމުކޮށް ކުރަމުން އަންނަ ކަމެކެވެ. ޒުވާނެއް މުސްޅިއެއް އިސްތިސްނާ ނުވާނޭހެންނެވެ. ދުނިޔޭގެ އާބާދީގެ 60 އިން ސައްތަ މީހުން ސިނގިރޭޓް ބޯކަމަށް ބައެއް ހޯދުންތަކުން ދައްކައެވެ.

ނަމަވެސް ވިސްނާލަން ޖެހޭ ހަގީގަތަކީ ސިނގިރޭޓަކީ ސިއްޚަތައް ގެއްލުން ހުރި އެއްޗެކަމެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ސިގިރެޓު ދުމުގައި، ގެއްލުން ހުންނަ 4000 އަށް ވުރެ ގިނަ ކެމިކަލްސް އެކުލެވިގެންވެވެ. ސިގިރެޓުގައި ހުންނަ ތަފާތު ކެމިކަލްތަކުގެ ތެރެއިން، މަދުވެގެން 40 ބާވަތުން ކެންސަރު ބަލި ޖެއްސުމުގައި އެހީވެދޭކަމަށް ދިރާސާތަކުން ދައްކައެވެ. ސިގިރެޓުން އަރައިގެންދާ އެއް މާއްދާއަކީ ކާބަން މޮނޮކްސައިޑެވެ.

ސިގިރެޓުގައި ހުންނަ އެހެން ކެމިކަލްތަކުގެ ތެރޭގައި އެމޯނިއާ ހިމެނޭއިރު، އާރސެނިކް ކިޔާ މާއްދާއެއްވެސް ހިމެނެއެވެ. މިއީ ފާޚާނާ ސާފުރަން ހަދާ ތަކެތި ހެދުމަށާއި މިދާ ވިހަ ހަދަން ބޭނުންކުރާ ކެމިކަލްގެ ބާވަތެއް ކަމަށް ދިރާސާތަކުން ބުނެއެވެ.

ސިގިރެޓުން ކެންސަރު، ހިތުގެބަލިތައް، ލޭހޮޅިތައް ހިމަވުން، ފުއްޕާމޭގެ ބަލިތައް ޖައްސައިދޭކަން ޢިލްމީ ގޮތުންވެސް ސާބިތު ވެއެވެ. ސިގިރެޓި ބޯ ނަމަ، ޢުމުރުން އެންމެ 18 އަހަރުގައިވެސް ހިތުގެ ބައްޔެއް ޖެހިދާނެ ކަމަށް ހޯދުންތަކުގައިވެއެވެ. ސިގިރެޓެއް ބޯ ކޮންމެ ފަހަރަކު، އޭނާގެ ޢުމުރުން 7 މިނިޓު އުނިވެގެން ދާނެ ކަމަށް ކްލިނިކަލް ޓެސްޓުތަކުން ދައްކާ ކަމަށް ބައެއް ދިރާސާތަކުން ބުނެފައިވެއެވެ.

ދުންފަތުގެ ސަބަބުން ފުއްޕާމެއަށް ކެންސރު ޖެހޭކަމަށް ބުނާއިރު، ފުއްޕާމޭގެ ކެންސަރުގެ 87 އިންސައްތައަކީ، ދުންފަތުގެ އިސްތިޢުމާލު ކުރުމުގެ ސަބަބުން ޖެހޭ ކެންސަރުކަމަށް ވެސް ދިރާސާތަކުން ބުނެއެވެ.

ބައެއް ހޯދުންތަކުން ތަކުން ދައްކާ ގޮތުގައި ދުންފަތުގެ އިސްތިޢުމާލު ކުރުމުގެ ސަބަބުން، އެމެރިކާގައި އެކަނިވެސް އަހަރަކު 440 ހާސް މީހުން މަރުވެއެވެ. އަދި ދުންފަތުގެ އިސްތިޢުމާލު ކުރުމުގެ ސަބަބުން ދުނިޔޭގެ ކަންކޮޅުތަކުން 1 މިލިއަނަސް ވުރެ ގިނަ މީހުން މަރުވާކަމީ އިންކާރުކުރެވެން ނެތް ޙަޤީޤަތަކެވެ.