English Edition
Dhivehi Edition

ރެއާލް މެޑްރިޑްގެ ފޯވާޑް ކަރީމް ބެންޒެމާއަށް އަނިޔާވެ ކުޅުމާއި ދުރަށް ދާން ޖެހިއްޖެއެވެ.

ބެނެޒެމާއަށް އަނިޔާވީ ރެއާލް އިން މިއަދު ބޭއްވި ފަރިތަކުރުމުގެ ތެރެއިންނެވެ. ސްޕެއިންގެ މީޑިއާ ރިޕޯޓުތަކުން ބުނެފައިވާ ގޮތުގައި ބެންޒެމާއަށް އަނިޔާގެ މައްސަލަ ކުރިމަތިވެފައިވީ ނަމަވެސް އެ އަނިޔާ އެހާ ސީރިއަސްއެއް ނޫނެވެ. ނަމަވެސް ސްޕެނިޝް ލީގުގައި ދެން ސެވިއްޔާއާއި ދެކޮޅަށް ރެއާލް ކުޅޭ މެޗުގައި ބެންޒެމާއަށް ނުކުޅެވޭނެއެވެ.

ރެއާލް އާއި ސެވިއްޔާ ބައްދަލުކުރާ ،މެޗު ކުޅޭނީ އަންނަ ހޮނިހިރު ދުވަހުގެ ރޭގައެވެ. މި މެޗުގައި ބެންޒެމާގެ އިތުރުން އެޑާ މިލިޓާއޯ، ޖީސުން ވަލެހޯގެ އިތުރުން އަލްވާރޯ އޮދްރިއޮޒޯލާއަށް ވެސް އަނިޔާގެ މައްސަލަ ކުރިމަތިވެފައި ވުމުން މި މެޗުގައި ކުޅެވޭނެ ކަމާއި މެދު ވަނީ ސުވާލު އުފެދިފައެވެ.

ކަރީމް ބެންޒެމާއަކީ މިވަގުތު ރެއާލ މެޑްރިޑުގައި އެންމެ ފޯމުގައި ހުރި ފޯވާޑެވެ. އަދި އެންމެ ފަހުން ޔޫރަޮްގެ މޮޅު ކުޅުންތެރިއާއަށް ދޭ ބެލޮންޑޯ އެވޯދް ވެސް ހޯދި ކުޅުންތެރިއާއެވެ.