English Edition
Dhivehi Edition
ފޮޓޯ: ޕީޕީއެމް

ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އައްޑޫ ސިޓީއަށް ވަޑައިގަންނަވަން ހަމަޖެހިފައިވާކަމަށް މައުލޫމާތު ލިބިއްޖެ އެވެ.

އިތުބާރުހުރި މަސްދަރަކުން މައުލޫމާތު ލިބިފައިވާ ގޮތުގައި ރާއްޖޭގެ ރައީސްގެ މަގާމުން ވަކިވެވަޑައިގެންނެވި ފަހުން އެމަނިކުފާނު އައްޑޫ ސިޓިއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅު އޮތީ އަންނަ ނޮވެމަބަރު މަހުގެ 3 ވަނަ ދުވަހު އެވެ. އަދި މިއީ އަންނައަހަރު ބާއްވާ ރިޔާސީ އިންތިޚާބުގެ ޓިކެޓު އެމަނިކުފާނަށް ލިބިވަޑައިގެންނެވިފަހުން އައްޑޫ ސިޓީ އަށް ކުރައްވާ ފުރަތަމަ ދަތުރުފުޅު ވެސް މެއެވެ.

މި ދަތުރުގައި އައްޑޫގެ އެކި އަވަށްތަކުގެ ޕީޕީއެމްގެ މެންބަރުންނާ ބައްދަލުކުރައްވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް ވެސް ވަނީ މައުލޫމާތު ލިބިފަ އެވެ.

އައްޑޫ ސިޓިއަށް އެމަނިކުފާނު ވަޑައިގަންނަވާއިރު، ހއ އަތޮޅަށް ވެސް އެމަނިކުފާނު ވަނީ ދާދިފަހުން ދަތުރުފުޅެއް ކުރައްވާފަ އެވެ.