English Edition
Dhivehi Edition
އެކްސިޑެންޓުގައި ފަރުވާ ދެމުން ދަނިކޮށް ނިޔާވި ސ. ހިތަދޫ ދުންނިކަގެ، އިބްރާހީމް ހުސައިން ،62،

އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓުގައި ސީރިއަސް އަނިޔާތައް ލިބުނު ސ. ހިތަދޫ ދުންނިކަގެ، އިބްރާހީމް ހުސައިން ނިޔާވެއްޖެ އެވެ.

އެ ސިޓީގައި ދެ ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓެއްގައި ލިބުނު އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށް އިބްރާހިމް ހުސައިން ނިޔާވީ ރޭ ގެ ވަގުތެއްގަ އެވެ.

އުމުރުން 62 އަހަރުގެ އިބްރާހީމް ހުސައިން ނިޔާވީ އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގެ ވެންޓިލޭޓަރުގައި އޮށްވައެވެ.

އޭނާއަށް އަނިޔާވީ ހިތަދޫ ލިންކްރޯޑްގައި އަލަށް ހަދާ ވިލާ ކޮލެޖް ކައިރިން ދުއްވާފައި ދަނިކޮށް ފަހަތުން އައި ސައިކަލެއް އޭނާގެ ސައިކަލުގައި ޖެހުމުން ނެވެ.

އެ އެކްސިޑެންޓުގައި އިބްރާހީމް ހުސައިންގެ ބޮލަށް ބޮޑެތި ގެއްލުންތަކެއް ލިބުމުން އެ ދުވަހު އިތުރު ފަރުވާއަށް އޭނާ ވަނީ މާލެ ގެނެސްފަ އެވެ. ނަމަވެސް ޑޮކްޓަރުން އުއްމީދު ކަނޑާލުމުން އަނބުރާ އައްޑޫއަށް ގެންގޮސް އޭއީއެޗްގައި ވެންޓިލޭޓަރުގައި ބާއްވަން އެޑްމިޓް ކުރީ އެވެ.

އޭނާގެ މައްޗަށް ކުރާ ކަށުނަމާދު އޮންނާނީ މިއަދުގެ އަސްރު ނަމާދަށް ފަހު ހިތަދޫ، ހުސައިން މޫސާ މިސްކިތުގަ އެވެ.