English Edition
Dhivehi Edition
2019 ވަނަ އަހަރު ޑަބްލއުޑީސީ އިން ބޭއްވި ބިއުޓީ ކޯސް

އައްޑޫ ސިޓީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އިން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ބިއުޓީ ކޯސް ހިންގައިދޭނެ ފަރާތެއް ހޯދުމަށް އިއުލާންކޮށްފިއެވެ.

އައްޑޫ ސިޓީ ކައުންސިލުން ކުރި އިއުލާނުގައި ވަނީ މިމަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅޭނީ، މިބާވަތުގެ މަސައްކަތްކުރުމަށް ރަޖިސްޓްރީކުރެވިފައިވާ ކުންފުނިތަކަށާއި ޤާނޫނީ ގޮތުން ވިޔަފާރިކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށެވެ.

އައްޑޫ ސިޓީގެ ތިން ސަރަހައްދެއްގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ކޯހާއި ބެހޭ ގޮތުން ސިޓީ ކައުންސިލުން ބުނީ މި މަސައްކަތާއި ގުޅޭ ބިޑް ޑޮކިއުމަންޓް 26 ސެޕްޓެންބަރު 2022 ވާ ހޯމަ ދުވަހުން ފެށިގެން 02 އޮކްޓޯބަރު 2022 ވާ އާދީއްތަ ދުވަހުގެ 13:00 އާއި ހަމަޔަށް އައްޑޫ ސިޓީ ކައުންސިލުން ގަންނަން ލިބޭނެ ކަމަށެވެ. ބީލަމުގައި ބައިވެރިވުމަށް 300/- (ތިން ސަތޭކަ) ދިވެހި ރުފިޔާގެ ނަން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަންޖެހެއެވެ.

މި މަސައްކަތުގެ ބީލަންތައް ބަލައިގަތުމާއި، އަދި ބީލަން ހެޅުން އޮންނާނީ 10 އޮކްޓޯބަރު 2022 ވާ ހޯމަ ދުވަހުގެ 10:00 ގައި އައްޑޫ ސިޓީ ކައުންސިލް އިދާރާގައެވެ. އައްޑޫ ސިޓީ ކައުންސިލުން ބުނީ މަސައްކަތް ޙަވާލުކުރެވޭ އުސޫލާއި، އަދި ހުށަހެޅޭ ބިޑްތައް އިވެލުއޭޓްކޮށް މާރކްސް ދެވޭނެގޮތުގެ ތަފްޞީލް ބިޑިންގ ޑޮކިއުމަންޓުގައި ހިމެނިފައިވާނެކަމަށެވެ.

މީގެ ކުރިންވެސް އައްޑޫ ސިޓީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއިން ވަނީ އެ ސިޓީގެ ތިން ސަރަހައްދެއްގައި ބިއުޓީ ކޯސްތައް ހިންގާފައެވެ.