English Edition
Dhivehi Edition

ޒިމްބާބުވޭގެ މުފްތީ އަދި މަޝްހޫރު ދީނީ އިލްމުވެރިޔާ މުފްތީ މެންކް އަންނަ އޮކްޓޫބަރު މަހުގައި ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށް އިސްލާމިން މިނިސްޓްރީން ބުނެފި އެވެ.

އިސްލާމިކް މިނިސްޓްރީން މިކަން ހާމަކޮށްފައިވަނީ މިއަދު ސޯޝަލް މީޑިއާގައި އާންމުކުރި ލިޔުމެއްގައެވެ.

އިސްލާމިކް މިނިސްޓަރު ޑރ. ޒާހިރު މިއަދު ސޯޝަލް މީޑިއާގައި އާންމުކުރެއްވި ލިޔުމެއްގައި ވިދާޅުވެފައިވަނީ މުފްތީ މެންކް ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އަންނަ އޮކްޓޯބަރު 28، ވަނަ ދުވަހުގައިކަމަށާއި އަދި އެދުވަހު ރާއްޖެ ވަޑައިގެން ތިން ދުވަހުގެ މުއްދަތައް މެންކް ރާއްޖޭގައި މަޑުކުރަށްވާނޭ ކަމަށެވެ.

މީގެ ކުރިންވެސް ރާއްޖެ ވަޑައިގެންނެވި މުފްތީ މެންކް އަންނަ މަހުގައި ރާއްޖެ ވަޑައިގަންނަވަނީ ސީދާ ކޮން ކަމެއްގައި ކަމެއް މިނިސްޓަރގެ ލިޔުމުގައި ހާމަކުރައްވަވާފައެއް ނުވެއެވެ.

އެންމެ ފަހުން މުފްތީ މެންކް ރާއްޖެ ވަޑައިގަތީ މީގެ ދެ އަހަރު ކުރިން 2020 ވަނަ އަހަރުގައެވެ. އެ އަހަރުގައި ރާއްޖެ ވަޑައިގެން ދީނީ ދަރުސް ދެއްވާފައިވެއެވެ.