English Edition
Dhivehi Edition
ފޮޓޯ: ފޭސްބުކް

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު މިއަދު އައްޑޫ ސިޓީ އަށް ވަޑައިގެންނެވިއިރު، އެ މަނިކުފާނަށް މި ސިޓީއިން ކިޔާފައިވަނީ ފިނި މަރުހަބާއެއްކަމަށް ބުނެ ގިނަ ބަޔަކު ސޯޝަލް މީޑިއާގައި ފާޑުކިޔައިފިއެވެ،

ގައުމީ ޔުނިވަސިޓީގެ ހިތަދޫ ކެމްޕަހުގައި މިރޭ ކްލައިމެޓް ޗޭންޖާ ގުޅޭ ގޮތުން ބާއްވާ ސެމިނާގައި ބައިވެރިވެ ވަޑައިގަތުމަށް ރައީސް ނަޝީދު އައްޑޫ އަށް ވަޑައިގެންނެވިއިރު، އެހެން ފަހަރުތަކާއި ހިލާފަށް މިފަހަރު އެ މަނިކުފާނަށް މަރުހަބާކިޔަން ނިކުތް މީހުންގެ އަދަދު ވަރަށް މަދުކަމަށް ގިނަ ބަޔަކުވަނީ ބުނެފައެވެ. އަދި އެ މަނިކުފާނަށް މަރުހަބާ ކިޔުމަށް އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުން، ގަމަށް ބަސްދަތުރުތައް ހަމަޖައްސާފައިވާއިރުވެސް، އެ ބަސްތަކުން ދަތުރުކުރީ މަދު ބައެއްކަމަށް ބުނެ ސޯޝަލް މީޑިއާގައި ގިނަ ބަޔަކުވަނީ ވާހަކަދައްކާފައެވެ.

އެމްޑީޕީ އާއި ރައީސް ނަޝީދުއަށް، މީގެ ކުރިން އައްޑޫ ސިޓީއިން ބޮޑު ތަރުހީބެއް ލިބިފައިވާއިރު، ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އާއި ރައީސް ނަޝީދު އާއި ދެމެދު އުފެދުނު ހިތްހަމަނުޖެހުންތަކުގެ ސަބަބުން ގިނަ ބަޔަކު ވަނީ ރައީސް ނަޝީދު އަށް ތާއިދުކުރުން ހުއްޓާލާފައެވެ. އަދި އެމްޑީޕީ އާއި އެކު ރައީސް ސޯލިހް ކުރިއަށް ވަޑައިގަތުމަށް، ގިނަ ބަޔަކު އެދެމުންދާއިރު، މިއަދު ރައީސް ނަޝީދަށް އައްޑޫ އިން ލިބުނު ފިނި ތަރުހީބަކީ އައްޑޫ ރައްޔިތުންވެސް މިހާރު ރައީސް ނަޝީދަށް ތާއިދުނުކުރާ ކަމުގެ ހެއްކެއްކަމުގައި ގިނަ ބަޔަކު ވަނީ ބުނެފައެވެ،

1 ކޮމެންޓް
Xaya
ސެޕްޓެމްބަރު 14, 2022
Thee hus dhogu dhoguhedhumugaves vaki haddheh gengulhebala, thikahala fake vaahaka fethuriyas raees offeehun thi noohah nudheyne bai rufiyaaves