English Edition
Dhivehi Edition

އިނގިރޭސި ވިލާތުގެ ރާނީ ކުއީން އެލިޒަބަތުގެ ޖަނާޒާ މި މަހުގެ 19 ގައި ބާއްވަން ނިންމައިފިއެވެ.

އިނގިރޭސި ތާރީޚުގައިވެސް އެންމެ ދިގު މުއްދަތަކަށް ރަނިކަން ކުރެއްވި ރާނީ އެލިޒަބަތު އަވާހާރަވީއިރު ޢުމުރުފުޅަކީ 96 އަހަރެވެ. އެކަމަނާ އަވަހާރަވީ އިނގިރޭސިވިލާތުގެ ސްކޮޓް ލޭންޑުގެ ބަލްމޯރަލްގައި ހުންނަ އެކަމަނާގެ ގަޑުވަރުގައެވެ.

އެކަމަނާގެ ހަށިކޮޅު މިވަގުތު ސްކޮޓްލެންޑްގައި ބާއްވާފައި އޮތް އިރު، އެކަމަނާ އަވަހާރަވި ދުވަހުން ފެށިގެން ޖަނާޒާގެ ކަންކަން ބާއްވަންދެން، ކުރިއަށް ދަނީ ހަށިކޮޅަށް އިހްތިރާމް އަދާ ކުރުމާއި ރަސްމީ އެހެން ކަންކަމެވެ،

ރާނީ އެލިިޒަބަތު، އިނގިރޭސި ތަޚުތަށް އިސްވެވަޑައިގެންފައިވަނީ 1952 ވަނައަހަރުއެވެ. ވޭތުވެދިޔަ 70 އަހަރު އިނގިރޭސި ވިލާތަށް ސިޔާސީ ގޮތުންނާއި އިޤްތިސާދީ އަދި އިޖްތިމާޢީ ގޮތުންވެސް ބޮޑު ބަދަލެއް ގެންނެވި ރާނީ އެލިޒަބަތު އަވަހާރަވުމާއެކު ރަސްކަމުގެ ތަޚުތާއި، އެކަމަނާގެ ދޮށީ ދަރިކަލުން ޕްރިންސް ޗާލްސް ވަނީ ހަވާލުވެވަޑައިގެންފައެވެ.