English Edition
Dhivehi Edition

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ އެމްބާޕޭގެ ދެ ލަނޑާއި އެކު ޕީއެސްޖީ މޮޅުވެއްޖެއެވެ.

އިޓަލީގެ ޔުވެންޓަސް އާއި ދެކޮޅަށް ކުޅުނު މެޗުން ޕީއެސްޖީ މޮޅުވީ 2-1 އިންނެވެ.

ޕީއެސްޖީން ރޭގެ މެޗު ފަށައިގެން ރަނގަޅަށް ކުޅުނުއިރު، މެޗުގެ ފަސް ވަނަ މިނިޓްގައި ކީލިއަން އެމްބާޕޭ ވަނީ ލަނޑުޖަހާ ޕީއެސްޖީއަށް ލީޑުނަގައިދީފަ އެވެ. މިއީ ނޭމާ ދިން ބޯޅަ އަކުން އެމްބާޕޭ ޖެހި ލަނޑެކެވެ.

މެޗުގެ 22 ވަނަ މިނިޓްގައި ޕީއެސްޖީގެ ދެ ވަނަ ލަނޑު ޖެހީ އަޝްރަފް ހަކީމީ ދިން ބޯޅައަކުން އެމްބާޕޭ އެވެ.

ދެ ވަނަ ހާފަށް ކުޅެން ނިކުމެ ޔުވެންޓަސް އިން ކުޅުން ވަރުގަދަކުރި އިރު، މެޗުގެ 53 ވަނަ މިނެޓުގައި ލިބުނު ކޯނަރަކުން ޔުވެންޓަސްއިން ވަނީ ލަނޑެއް ޖަހާ ނަތީޖާގެ ފަރަގު ކުޑަކޮށްފައެވެ. މި ލަނޑު އެޓީމަށް ޖަހައިދިނީ މެކްކެނީ އެވެ.