English Edition
Dhivehi Edition

ކޮކޯ ބޮޑުހިތި ފުޓްބޯޅަ ކޮމިޔުނިޓީ އިން އިންތިޒާމު ކޮށްގެން ކޮކޯ ބީޗް ރިސޯޓުގައި މިހާރު ކުރިޔަށް ގެންދާ ތްރީ އޮން ތްރީ ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ޕީނިކްސް އިން ހޯދައިފިއެވެ.

މިޝަން ޕްލަސް އާއި ދެކޮޅަށް ކުޅުނު ފައިނަލް މެޗު ފީނިކްސްއިން ކާމިޔާބު ކުރީ 1-0 ގެ ނަތީޖާއިންނެވެ.

ފައިނަލް މެޗުގައި ފެނިގެން ދިޔަ ހަމައެކަނި ލަނޑު ކާމިޔާބު ކުރީ ޕީނިކްސްގެ ސިޔާން އެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ވެސް ހޮވިފައިވަނީ ޕީނިސްކަގެ ހަމަ އެކަނި ލަނޑު ކާމިޔާބު ކޮށްދިން ސިޔާންއެވެ.

ކޮކޯ ބޮޑުހިތި ފުޓްބޯޅަ ކޮމިޔުނިޓީން އިންތިޒާމު ކޮށްގެން ބައްވާ މި މުބާރަތަކީ ކޮކޯ ބޮޑިހިތީގައި އެކި ޑިޕާޓްމެންޓުތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް އަމާޒުކޮށްގެން ކުރިޔަށްގެންދާ މުބާރާތަކަށް ވާއިރު، މި މުބާރާތުގެ މަޤުސަދަކީ ރިސޯޓުގައި މަސައްކަތް ކުރާ މުވައްޒަފުންގެ މެދުގައި އެކުވެރިކަމާއި އެއްބައެއް ވަންތަކަށް އާލާ ކުރުމާއި އަދި އެކުވެރި މާހައުލެއްގައި ހިންހަމަ ޖެހިގެން މަސައްކަތް ކުރުމުގެ ފުރުސަތު ތަނަވަސްކޮށްދިނުން ކަމަށް މުބާރާތް އިންތިޒާމު ކުރި ފަރާތުން ބުނެއެވެ.