English Edition
Dhivehi Edition

ކޮކޯ ބޮޑުހިތި ފުޓްބޯޅަ ކޮމިޔުނިޓީ އިން އިންތިޒާމު ކޮށްގެން ކޮކޯ ބީޗް ރިސޯޓުގައި މިހާރު ކުރިޔަށް ގެންދާ ތްރީ އޮން ތްރީ ފުޓްސަލް މުބާރާތުގެ ފައިނަލަށް އެފްސީ މިޝަން ޕްލަސް އާއި ޕީނިކްސް، ދަތުރުކޮށްފިއެވެ.

މި މުބާރާތުގެ ސެމީ ފައިނަލް މެޗުތަކުގެ ކުޅުން މިއަދު ކުރިޔަށް ދިޔައިރު، ސެމީގެ ފުރަތަމަ މެޗުގައި ބައްދަލުކުރީ ޕީނިކްސް އާއި ޓައިގަރ އެވެ. މި މެޗު 0-1 ގެ ނަތީޖާއިން ކާމިޔާބު ކޮށް ފައިނަލުގެ ފުރަތަމަ ޖާގަ ކަށަވަރުކުރީ ޕީނިކްސްއިންނެވެ. ފީނިކްސް މި މުބާރާތުގެ ސެމީ އަށް ދަތުރުކުރީ ކުޅުނު ތިން މެޗުގެ ތެރެއިން ދެމެޗު ކާމިޔާބުކޮށް ހަ ޕޮއިންޓް ހޯދައިގެން އެޓީމު ހިމެނުނު ގުރޫޕް ބީގެ ދެވަނަ ޓީމުގެ ގޮތުގައެވެ. ސެމީގައި ޕީނިކްސް އަތުން ބަލިވި ޓައިގަރ ސެމީއަށް ދަތަުރު ކުރީ ގުރޫޕް ސްޓޭޖުގައި އެޓީމުން ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗު ކާމިޔާބު ކޮށް ހަ ޕޮއިންޓާއި އެކު އެޓީމު ހިމެނުނު ގުރޫޕް އޭގެ އެއްވަނަ ޓީމުގެ ގޮތުގައެވެ.

ޕީނިކްސް އަދި ޓައިގަރ ބައްދަލުކުރި ސެމީގެ މެޗު ޕީނިކްސް އިން ކާމިޔާބު ކުރިއިރު މި މެޗުގައި ފީނިކްސް އަށް ލަނޑު ޖަހައިދިނީ ސިޔާން އެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ވެސް ހޮވިފައިވަނީ ސިޔާންއެވެ.

ސެމީގެ ދެވަނަ މެޗުގައި އެފްސީ ކަށިކުނބުރު އާއި މިޝަން ޕްލަސް ބައްދަލުކުރި މެޗު 1-2 ގެ ނަތީޖާއިން ކާމިޔާބުކޮށް މުބާރާތުގެ ފައިނަލުގެ ފަހު ޖާގަ ކަށަވަރުކުރީ މިޝަން ޕްލަސް އިންނެވެ. މިޝަން ޕްލަސް މުބާރާތުގެ ސެމީ އަށް ދަތުރުކުރީ ގުރޫޕް ސްޓޭޖުގައި ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ ގުރޫޕް ބީގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. އަދި މިޝަން ޕްލަސް އަތުން ސެމީގައި ބަލިވި އެފްސީ ކަޜިކުނބުރު ސެމީއަށް ދަތުރުކުރީ ގުރޫޕް އޭގެ ދެވަނަ ޓީމުގެ ގޮތުގައެވެ.

އެފްސީ ކަށުކުނބުރު އާއި މިޝަން ޕްލަސް ބައްދަލުކުރި މެޗުގައި މިޝަން ޕްލަސް އަށް ލަނޑުތައް ޖަހައިދިނީ މާހިރު އާއި ނާހިލް އެވެ. އަދި ކަށިކުނބުރުގެ ހަމަ އެކަނި ލަނޑު ޖަހައިދިނީ ޝާމުއެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ މިޝަން ޕްލަސްގެ ނާހިލްއެވެ.

މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާ ހަވީރު 5:00 ގައެވެ. ފައިނަލް މެޗުގައި ބައްދަލުކުރާނީ މިޝަން ޕްލަސް އާއި ޕީނިކްސް އެވެ.

ކޮކޯ ބޮޑުހިތި ފުޓްބޯޅަ ކޮމިޔުނިޓީން އިންތިޒާމު ކޮށްގެން ބައްވާ މި މުބާރަތަކީ ކޮކޯ ބޮޑިހިތީގައި އެކި ޑިޕާޓްމެންޓުތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް އަމާޒުކޮށްގެން ކުރިޔަށްގެންދާ މުބާރާތަކަށް ވާއިރު، މި މުބާރާތުގެ މަޤުސަދަކީ ރިސޯޓުގައި މަސައްކަތް ކުރާ މުވައްޒަފުންގެ މެދުގައި އެކުވެރިކަމާއި އެއްބައެއް ވަންތަކަށް އާލާ ކުރުމާއި އަދި އެކުވެރި މާހައުލެއްގައި ހިންހަމަ ޖެހިގެން މަސައްކަތް ކުރުމުގެ ފުރުސަތު ތަނަވަސްކޮށްދިނުން ކަމަށް މުބާރާތް އިންތިޒާމު ކުރި ފަރާތުން ބުނެއެވެ.