English Edition
Dhivehi Edition

ޔުއެފާގެ އެންމެ މޮޅު ކޯޗުގެ އެވޯޑް ސްޕެއިންގެ ރެއާލް މެޑްރިޑްގެ ކޯޗު ކާލޯ އެންޗެލޮއްޓީ އަށް ލިބިއްޖެއެވެ.

އަންޗެލޮޓީ މި އެވޯޑް ހޯދީ މެންޗެސްޓާ ސިޓީގެ ޕެޕް ގާޑިއޯލާ އާއި ލިވަޕޫލްގެ ޔާގެން ކްލޮޕްއާ ވާދަކޮށެވެ. އަންޗެލޮޓީ އަށް އެއްވަނަ ލިބުނީ 526 ޕޮއިންޓާއި އެކުގައެވެ. އަދި ދެވަނައަށް ދިޔަ ކްލޮޕް އަށް 210 ޕޮއިންޓު ލިބުނުއިރު، ތިން ވަނަ ހޯދި ގާޑިއޯލާ އަށް ލިބުނީ 108 ޕޮއިންޓެވެ.

އެންޗެލޮއްޓީ ވަނީ ނިމިގެން ދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ އިތުރުން ނިމިގެން ދިޔަ ސީޒަނުގެ ލީގު ޗެމްޕިއަންކަންވެސް ރެއާލް އަށް ހޯދައިދީފައެވެ.

ޔުއެފާ އިން ހޮވި އެންމެ މޮޅު އަންހެން ކޯޗުގެ އެވޯޑް ލިބުނީ އިންގްލެންޑްގެ ސަރީނާ ވައިގްމަން އެވެ. އޭނާ ވަނީ އިންގްލެންޑަށް ފުރަތަމަ ފަހަރަށް ޔޫރޯ ކާމިޔާބުކޮށްދީފަ އެވެ. ޔުއެފާ ޕްރެޒިޑެންޓްސް އެވޯޑް ލިބުނީ އިޓަލީގެ ލެޖެންޑަރީ ކޯޗު އަރީގޯ ސާޗީ އަށެވެ.