English Edition
Dhivehi Edition

ޔުއެފާގެ އެންމެ މޮޅު ކުޅުންތެރިއާގެ އެވޯޑް ރެއާލް މެޑްރިޑާއި ފްރާންސް ފޯވާޑް ކަރީމް ބެންޒިމާ އަށް ލިބިއްޖެއެވެ.

ޔޫރަޕްގެ އެންމެ މޮޅު ފިރިހެން ފުޓްބޯޅަ ކުޅުންތެރިއާއަށް ދޭ އެވޯޑް ބެންޒިމާއަށް ލިބުނުއިރު، އެންމެ މޮޅު އަންހެން ކުޅުންތެރިއާއަށް ދޭ އެވޯޑް ލިބުނީ ބާސެލޯނާގެ ތަރި އަލެކްސިއާ ޕުޓޭޔާސް އެވެ.

މެންމެ ފަހުން ނިމިގެން ދިޔަ ސީޒަނުގައި ޗެމްޕިއަންސް ލީގު ތަށި ރެއާލުން ހޯދިއިރު، ބެންޒެމާ ވަނީ ބޮޑު ދައުރެއް އަދާކޮށްފައެވެ. އެގޮތުން ރެއާލް މުބާރާތުގެ ފައިނަލަށް ގޮސް ތަށިނެގުމާއި ހަމައަށް ކުޅުނު ހުރިހާ މެޗެއްގައި ވެސް ބެންޒެމާ ވަނީ ރެއާލަށް މުހިންމު ގޯލުތަކެއް ޖަހައިދީފައެވެ.

އެ މުބާރާތުގައި ބެންޒެމާ 15 ލަނޑު ޖެހިއިރު، އެމުބާރާތުގެ އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިއަކީ ވެސް ބެންޒެމާއެވެ. ބެންޒިމާއާއެކު އެވޯޑަށް ވާދަކުރީ ރެއާލްގެ ކީޕަރު ކޯޓުއާއާއި މެންޗެސްޓަރ ސިޓީގެ މިޑްފީލްޑަރ ކެވިން ޑި ބުރައިނާއެވެ.