English Edition
Dhivehi Edition

ދިވެހި ރާއްޖެއިން، ރިޕަބްލިކް އޮފް ސިންގަޕޫރަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ހ.ރުވާމާގެ، އަޙްމަދު ތަސްމީން ޢަލީ ޢައްޔަނުކުރައްވައި، އެމަނިކުފާނަށް ސަފީރުކަމުގެ ފަތްކޮޅު ދެއްވައިފިއެވެ.

އަޙްމަދު ތަސްމީން ޢަލީއަށް، ރައީސުލްޖުމްހޫރިއްޔާ މަޤާމުގެ ފަތްކޮޅު ދެއްވީ، މިކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.

އަޙްމަދު ތަސްމީން ޢަލީއަކީ، އިނގިރޭސި ވިލާތުގެ، ޔުނިވަރސިޓީ އޮފް ވޯރިކްއިން އިކޮނޮމިކްސްގެ ދާއިރާއިން ޑިގްރީ ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ.

އަޙުމަދު ތަސްމީން ޢަލީ، މީގެ ކުރިން ފުރުއްވާފައިވާ، މުހިއްމު ބައެއް މަޤާމްތަކުގެ ތެރޭގައި، މިނިސްޓަރ އޮފް ހޯމް އެފެއާޒްގެ މަޤާމާއި، މިނިސްޓަރ އޮފް އެޓޯލްސް އެޑްމިނިސްޓްރޭޝަންގެ މަޤާމާއި، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމާއި، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ކަމުގެ މަޤާމު ހިމެނެއެވެ.