English Edition
Dhivehi Edition

މިއަހަރުގެ މިހާތަަނަށް ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު އެއް މިލިއަން އަށްށާވީސްހާހުން މައްޗަށް އަރައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން އެންމެ ފަހުން އާންމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން މިމަހުުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 1،028،467 ފަތުރުވެރިން ޒިޔާރަތް ކޮށްފައިވެއެވެ.

މި މަހުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކޮށްފައިވާނީ އިންޑިއާއިން އެ ގައުމުން ރާއްޖެއަށް 146،923 ފަތުރުވެރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. އަދި ދެ ވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަށްކޮށްފައިވަނީ އިނގިރޭސިވިލާތުން، އެ ގައުމުން ރާއްޖެެެއަށް 104،667 ފަތުރުވެރިން ވަނީ ޒިޔާރަށްކޮށްފައެވެ.

އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި ލިސްޓުގައި ދެން ހިމެނެނީ، ރަޝިއާ، ޖަރމަނީ، އިޓަލީ، އެމެރިކާ، ފްރާންސް، ސައިދީ އަރަބިއްޔާ، ސްޕެއިން އަދި ސްވިޓްޒަލޭންޑެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށް ފަހު، 2020 ވަނަ އަހަރުގެ ޖުލައި މަހުގެ 15 ވަނަ ދުވަހު ބޯޑަރު އަލުން ހުޅުވާލިފަހުން، ފަތުރުވެރިންނަށް ހިދުމަތްދޭ 1،176 ތަނެއް މިހާރު ވަނީ ހުޅުވާލާފައެވެ. އޭގެ ތެރޭގައި ހިމެނެނީ 170 ރިސޯޓާއި 856 ގެސްޓްހުސްގެ އިތުރުން 156 ސާފާރީއެެވެ. މިއީ 58،317 ބެޑް ކެޕޭސިޓީއެވެ.

ސަރުކާރުގެ މި އަހަރުގެ އަމާޒައަކީ 1.6 މިލިއަން ފަތުރުވެރިން ރާއްޖެ ޒިޔާރަތް ކުރުމެވެ. ރާއްޖެއަށް އެންމެ ގިނައިން މިހާތަނަށް ފަތުރުވެރިން ޒިޔާރަތްކުރުމެއެވެ.

ޓެގު