English Edition
Dhivehi Edition

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފަހު ދައުރުގެ ޖަލްސާތައް މާދަމާ ފަށާނެއެވެ.

މާދަމާ (ބްރާސްފަތި) ދުވަހަކީ މަޖިލީހުގެ ޖަލްސާތައް ޢާންމުކޮށް ބާއްވާ ދުވަހެއް ނޫންނަމަވެސް މާދަމާގެ ޖަލްސާ ބާއްވަނީ މިއަހަރުގެ ތިންވަނަ ދައުރުގެ ފުރަތަމަ ޖަލްސާ މާދަމާ ބާއްވަން ހަމަޖެއްސީ މަޖިލީހުގެ ގަވާއިދުގައިވާގޮތުގެ މަތިންނެވެ.

މަޖިލިސް ގަވާއިދުގައި ބުނެފައިވާ ގޮތުން މަޖިލީހުގެ ތިންވަނަ ދައުރަކީ އޮގަސްޓް މަހުގެ 16 ވަނަ ދުވަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށެވެ. އަދި މަޖިލީހުގެ ޖަލްސާތައް ބެހިގެންވާ ތިން ދައުރުގެ ތެރެއިން ކޮންމެ ދައުރެއްގެ ވެސް ފުރަތަމަ ޖަލްސާ ބާއްވާނީ އެ ދައުރެއް ފެށޭ ތާރީޚުން ފެށިގެން އަންނަ ފުރަތަމަ ހޯމަ ނުވަތަ ފުރަތަމަ ބުރާސްފަތި ދުވަހު ކަމަށެވެ.

މަޖިލީހުގެ މާދަމާގެ ޖަލްސާ އަދިމިހައިތަނަށް ޢާންމުކޮށްފައެއް ނުވެއެވެ.