English Edition
Dhivehi Edition

13 އަހަރު ކުރިން ހަދާފައިވާ ރާއްޖޭގެ ލޯންގްޖަމްޕް ނެޝަނަލް ރެކޯޑު ޒުވާން އެތްލީޓް އިބްރާހިމް ނާހިލް ނިޒާރު މުގުރާލައިފިއެވެ.

އޭނާ މި ރެކޯޑު މުގުރާލީ ބާމިންގހަމްގައި މިހާރު ކުރިއަށްދާ ކޮމަންވެލްތު ގޭމްސްގައެވެ.

މޯލްޑިވްސް އެތުލެޓިކްސް އެސޯސިއޭޝަނުން ބުނީ އެތުލެޓިކްސްއިން މެޑައްޔެއް ނުހޯދުނަސް ނެޝަނަލް ރެކޯޑު އައުކުރާނަމަ، އެއިން އަންގައިދެނީ އެ އިވެންޓަކުން ރާއްޖެއަށް ކުރިއެރުން ލިބޭކަން ކަމަށެވެ.

ލޯންގް ޖަމްޕުގެ ރެކޯޑު ކުރިން އޮތީ އެތުލީޓު ހުސެއިން ހަލީމް އަތުގައެވެ. އޭނާ އެ ރެކޯޑު ހަދާފައިވަނީ 2009 ވަނަ އަހަރު ރާއްޖޭގައި ބޭއްވި އެތުލެޓިކްސް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގައި 6.47 މީޓަރު ދުރަށް ފުންމައިގެންނެވެ.

އެހެންނަމަވެސް އުމުރުން 17 އަހަރުގެ އެތުލީޓު ނާހިލް މިއަދު މި ރެކޯޑު މުގުރާލީ 6.71 މީޓަރު ދުރަށް ފުންމައިގެންނެވެ.

މި ރެކޯޑު މުގުރާލުމުން ހުސެއިން ހަލީމް ވެސް ވަނީ ނާހިލް އަށް ތައުރީފުކޮށް މަރުހަބާކިޔާފައެވެ.

މިއަހަރު ތެރޭ ލޯންގް ޖަމްޕްގެ ގައުމީ ޖޫނިއަރ ރެކޯޑު ވެސް ނާހިލް މުގުރާލާފައިވާއިރު، މިއަދުގެ ނަތީޖާއާއެކު އެ ރެކޯޑު ވެސް މިވަނީ އައުވެފައެވެ.