English Edition
Dhivehi Edition

ޕެޓް ރިވަރސް ލޮޖިސްޓިކްސް ޕްރޮގްރާމް އައްޑޫ ސިޓީގައި ފަށައިފިއެވެ.

މިއީ މޯލްޑިވްސް އޯޝަން ޕްލާސްޓިކް އެލަޔަންސް (މޯޕާ) އިން ރާއްޖޭގައި ޕްލާސްޓިކް ކުނީގެ މައްސަލަ ހައްލުކުރުމަށް ހިންގާ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމް އައްޑޫ ސިޓީގައި ފެށުމުގެ ގޮތުން ކަނޑަށް އަޅާ ޕްލާސްޓިކް ކުނި މަދުކުރުމަށް އައްޑޫ ސިޓީ ކައުންސިލާ އެކު ވަނީ އެމްއޯޔޫއެއްގައި ސޮއިކޮށްފައެވެ.

މި އެއްބަސްވުމުގައި އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ސޮއި ކުރެއްވިއިރު، މޯޕާގެ ފަރާތުން ސޮއި ކުރެއްވީ އެޖަމިއްޔާގެ ރައީސް އަދި ބާނީ ކުރީގެ އެންވަޔަރްމެންޓް މިނިސްޓަރ ތާރިގް އިބްރާހިމްއެވެ.

މި އެއްބަސްވުމުގެ ދަށުން އެ ސިޓީގެ ފިހާރަ، ކެފޭ/ރެސްޓޯރަންޓު އަދި ގެސްޓްހައުސްތަކުން ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ޕެޓް ފުޅި އެއްކޮށް، ރީސައިކަލް ކުރުމަށް ވަނީ ނިންމާފައެވެ.

މޯޕާގެ މި ޕްރޮގްރާމުގައި މާލެ އާއި ރަށްރަށުންނާއި ރިސޯޓުތަކުން ވެސް ބައިވެރިވަމުން އަންނައިރު، އެއްކުރާ ފުޅިތައް މާލެ ފޮނުވައި، ރީސައިކަލް ކުރުމަށާއި އަޕްސައިކަލް ކުރުމަށް ހަވާލުކުރާނީ ޕާލޭ މޯލްޑިވްސް އާއެވެ.

މޯޕާ އިން ބުނީ މި ޕްރޮޖެކްޓު އައްޑުއަށް ފުޅާކޮށްފައިވަނީ ޕްރޮޖްކްޓުގެ ބައިވެރިންގެ އެހީތެރިކަމާ އެކުގައި ކަމަށެވެ.

މަޝްރޫއުގެ ބައިވެރިންނަކީ ހެޕީ މާކެޓް ޕްރައިވެޓް ލިމިޓެޑާއި މާލޭ އެރޭޓެޑް ވޯޓަރ ކޮމްޕެނީ ލިމިޓެޑެވެ.