English Edition
Dhivehi Edition

ރާއްޖޭގެ އަންހެނުންގެ 100 މީޓަރު ދުވުމުގެ ގައުމީ ރެކޯޑް އައިޝަތު ހިމްނާ ހަސަން މުގުރާލައިފިއެވެ.

ހިމްނާ ރެކޯޑް އާކުރީ މިހާރު އިނގިރޭސިވިލާތުގައި ކުރިއަށްދާ ކޮމަންވެލްތް ގޭމްސްގައި 12.17 ސިކުންތުން ދުވެގެންނެވެ. މި ރެކޯޑް މީގެކުރިން އޮތީ ކުރީގެ އެއްވަނަ ދުވުންތެރިޔާ ޝަމްހާ އަހުމަދުގެ އަތުގައެވެ. މީގެ 20 އަހަރު ކުރިން ޝަމްހާ އެ ރިކޯޑް އާކުރީ ވޯލްޑް ޗެމްޕިއަންޝިޕްގައި 12.27 ސިކުންތުން ދުވެގެންނެވެ.

މިއީ ބައިނަލްއަގުވާމީ މުބާރާތެއްގައި ހިމްނާ 100 މީޓަރު ދުވުމުގައި ބައިވެރިވި ފުރަތަމަ ފަހަރު ކަން ފާހަގަކޮށްލެވެއެވެ.

އަންހެނުންގެ 100 މީޓަރު ދުވުމުގެ ރެކޯޑް ހިމްނާ މުގުރާލިއިރު، 400 މީޓަރު ދުވުމުގެ ގައުމީ ރިކޯޑް ވެސް މިހާރު އޮތީ ހިމްނާ އަތުގައެވެ.

ހިމްނާ ވަނީ 2018 އަދި 2019 ވަނަ އަހަރު އަންހެނުންގެ 400 މީޓަރު ދުވުމުގެ ގައުމީ ރިކޯޑާއި، ޖޫނިއާ އަންހެނުންގެ 400 މީޓަރު ދުވުމުގެ ގައުމީ ރިކޯޑުގެ އިތުރުން 400 މީޓަރު ދުވުމުން ގައުމީ ޔޫތު ރިކޯޑު ގާއިމުކޮށްފައެވެ.