English Edition
Dhivehi Edition

2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީނާއި، ބުޅަލެއް ވާދަކުރާނަމަ ވޯޓްދޭނީ ކޮން ފަރާތްތަކަށްތޯ ބެލުމަށް ޓްވިޓާ މެދުވެރިކޮށް މަހުލޫފް ނެންގެވި ވޯޓްގެ ނަތީޖާ ހާމަކުރައްވައިފިއެވެ.

އިއްޔެ ޓުވިޓާގައި ވޯޓުގެ ނަތީޖާ ހަމަކުރައްވަމުން މަހްލޫފު ވިދާޅުވީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީނާއި ބުލަޅެއް ވާދަކުރިޔަސް، 1385 ރައްޔިތުންގެ 89 ޕަސެންޓް ވޯޓް ލިބޭނީ ބުޅަލަށްކަމަށް ނެގުނު ވޯޓުން ހާމަވެފައިވާކަމަށާއި އެހެންކަމުން ނަތީޖާ ވަރަށް ސާފުކަމުގައެވެ. މި ޕޯލްގައި ވޯޓުދިން މީހުންގެ 11 އިންސައްތަ މީހުން ބުނެފައިވަނީ އެމީހުން ވޯޓުދޭނީ ރައީސް ޔާމީނަށްކަމަށެވެ.

މަހުލޫފް މި ޕޯލްއަށް އިދިކޮޅު ފަރާތްތަކަށް ތާއިދުކުރައްވާ ފަރާތްތަކުން ތައުރީފުކޮށް ވާހަކަދައްކާފައިވާއިރު
ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުން ވަނީ ރައީސް ޔާމީނާއި ވާދަކުރަން އިންތިޚާބުގައި ނެރެން ލިބުނު ކެނޑިޑޭޓަކީ ބުޅަލެއްތޯ ސުވާލުކޮށްފައެވެ.