English Edition
Dhivehi Edition

އައްޑޫސިޓީ ހުޅުމީދޫގައި މިފްކާއިން އަޅަމުންދާ މަސްފެކްޓްރީގެ މަސައްކަތް އެއްކޮށް ނުނިމުނަސް އެތަނުގެ އައިސްޕްލާންޓުގެ މަސައްކަތް ނިމުނުހާ އަވަހަކަށް ޚިދުމަތްދޭން ވިސްނަމުން ގެންދަވާ ކަމަށް އެކުންފުނިން ވިދާޅުވެއްޖެއެވެ. މިފްކޯގެ ސީއީއޯ އަދުލީ އިސްމާއީލް ވިދާޅުވީ އެގޮތަށް ވިސްނުން ގެންގުޅުއްވަނީ ދެކުނުގެ މަސްވެރިކަން ރަނގަޅުވެފައިވާތީ މަސްވެރިންނަށް އެއްވެސް ދަތިކަމެއް ދިމާވިޔަނުދީ އައިސްފޯރު ކޮށްދެއްވުމުގެ ބޭނުމުގައި ކަމަށެވެ. އެ ޕްލާންޓުގެ މަސައްކަތް މިހާރުވަނީ ގާތްގަނޑަކަށް ނިމިފައެވެ. “ހުޅުމީދޫ އައިސްޕްލާންޓުގެ މަސައްކަތް މިހާރުހުރީ ގާތްގަނޑަކަށް ނިމިފައި. އެކަމަކު އެ ޖެއްސޭނީ ޖަނަރޭޓަރެއް ބަހައްޓައިގެން. އަޅުގަނޑު ހިތަށްއަރައިގެން މިއުޅެނީ ޕްރޮޖެކްޓް އެއްކޮށް ނުނިމުނަސް އައިސްޕްލާންޓް ނިމުނުހާ އަވަހަކަށް ޖެއްސޭތޯބަލަން،” އަދުލީ ވިދާޅުވިއެވެ. ހުޅުމީދޫ އައިސްޕްލާންޓަކީ 100 ޓަނުގެ ޕްލާންޓެކެވެ.