English Edition
Dhivehi Edition
ފޮޓޯ: ސަން

ޔޯގާ ހަރަކާތާއި ގުޅިގެން ހައްޔަރުކުރި ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލް ދޫކޮށްލައިފިއެވެ.

ހޯރަފުށި ދާއިރާގެ ކުރީގެ މަޖިލިސް މެމްބަރު މުޙައްމަދު އިސްމާއިލް ބަންދުން ދޫކޮށްލާފައިވަނީ ބަންދުގެ މުއްދަތު ހަމަވާތީ ބަންދާމެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައި މިއަދުއެވެ.

ޔޯގާއާ ދެކޮޅަށް ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ގިނަ ބަޔަކު ހައްޔަރުކޮށް، އޭގެ ތެރެއިން ބައެއް މީހުން މިހާރުވަނީ ދޫކޮށްލާފައެވެ. އޭގެތެރޭގައި ޝައިޚް ފަޒްލޫން މުހައްމަދު ވެސް ހިމެނެއެވެ.

ގަލޮޅު ދަނޑުގައި ޔޯގާ ހަރަކާތެއް މިދިޔަ މަހު ކުރިއަށް ގެންދަނިކޮށް އެތަނަށް ވަދެ ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ހައްޔަރުކުރި މުހައްމަދު އިސްމާއިލްގެ ބަންދުގެ މުއްދަތު އެކިފަހަރު މަތިން ކޯޓުން ވަނީ އިތުރުކޮށްފައެވެ. އެންމެފަހުން އޭނާގެ ބަންދުގެ މުއްދަތު އިތުރުކުރީ މިދިޔަ ޖުލައި މަހުގެ 7 ވަނަ ދުވަހުއެވެ. އެ ދުވަހު އޭނާގެ ބަންދަށް 30 ދުވަސް ކުރިމިނަލް ކޯޓުން އިތުރުކުރިއެވެ.