English Edition
Dhivehi Edition

ރާއްޖެއިން ފެނުނީ މަންކީ ޕޮކްސް ކަން އަދިކަށަވަރެއް ނުވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭ އިން މިހެން ބުނީ ޓްރީ ޓޮޕް ހޮސްޕިޓަލަށް ޑޮކްޓަރަށް ދެއްކި މީހެއްގެ ގައިން މަންކީ ޕޮކްސް އަށް ޝައްކު ކުރެވޭފަދަ އަލާމާތްތަކެއް ފެނުމުންނެވެ.

އެޗްޕީއޭ އިން ބުނީ އެމީހާގެ ހާލަތު ގާތުން ބަލަމުން އަންނަކަމަށާއި އެމީހާގެ ގައިން ފެނުނީ މަކުނު ވިދުރިކަން އަދިކަށަވަރު ނުވާ ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެއީ ޔޫރަޕުގެ ގައުމަކަށް ނިސްބަތްވާ މީހެކެވެ. އެމީހާގެ ގައިގާ ނަގާފައިވާ ފޮޅުތަކުން އެއީ މަންކީ ޕޮކްސް ނުވަތަ މަކުނު ވިދުރި ކަމަށް ޝައްކު ކުރެވިގެން އެމީހާގެ ސާމްޕަލް ނަގައި،އެމީހާ މިހާރުވަނީ އެ ހޮސްޕިޓަލުގެ އިމަޖެންސީ ރޫމުގައި އެކަހެރިކޮށްފައެވެ.