English Edition
Dhivehi Edition

މަޝްހޫރު ފިލްމީ ތަރި އަދި ލަވަކިޔުންތެރިޔާ ޖެނިފާ ލޮޕޭޒް އާއި އެކްޓަރު ބެން އަފްލެކް ކައިވެނިކޮށްފި އެވެ.

ބޭރުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުން ޖެނިފާ އާއި ބެން ކައިވެނިކޮށްފައިވަނީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ދަންވަރު، ލަސްވެގަސްގައެވެ.

އުމުރުން 52 އަހަރުގެ ޖެނިފާ އާއި 49 އަހަރުގެ ބެން ވަނީ 2004 ވަނަ އަހަރު ވެސް ލޯބީގެ ގޮތުން ގުޅިގެން އުޅެފައެވެ. އަދި އޭރު މި ދެތަރިން ވަނީ އެންގޭޖްވެސް ވެފައެވެ. އެހެންނަމަވެސް ދެ މީހުން ރުޅިވެ، އެންގޭޖްމަންޓް ވަނީ ރޫޅާލާފައެވެ. އަދި 2005 ވަނަ އަހަރު ބެން ވަނީ ބަތަލާ ޖެނިފާ ގާނާއާ ކައިވެނިކޮށްފައެވެ. އެ ކައިވެންޏަށް ބެން އަށް ތިން ދަރިން ލިބިފައިވާއިރު، 2018 ވަނަ އަހަރު އެ ގުޅުން ވަނީ ނިމުމަކަށް އައިސްފައެވެ.

ބެން އާއި ރުޅިވުމަށް ފަހު ޖެނިފާވެސް ތިނަ ކައިވެންޏެއް ވަނީ ކޮށްފައެވެ، މި ގޮތުން 2011 ވަނަ އަހަރު މާކް އެންތަނީ އާއި ކައިވެނިކޮށް ޖެނިފާއަށް ވަނީ އެއްމާބަނޑު ދެ ކުދިން ލިބިފައެވެ.

ޖެނިފާ އާއި ބެން އަލުން ދިމާވެ ދެމީހުންގެ ގުޅުން އަލުން ފެށިގެން ދިޔައިރު، ދެމީހުން ކައިވެނި ކުރީ އަލުން އެންގޭޖްވިތާ ތިން މަސް ފަހުންނެވެ.