އައްޑޫ ސިޓީ މަރަދޫގައި ބޭއްވި “އައްޑޫ އީދި ސަމާ 1443” ކުޑަކުދިންގެ ހަވީރުގައި އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑްގެ ސިފައިން ބައިވެރިވެއްޖެއެވެ.
ޖުލައި 12 ވަނަ ދުވަހުގެ ހަވީރު ސ. މަރަދޫގައި ބޭއްވި “އައްޑޫ އީދި ސަމާ 1443” ކުޑަކުދިންގެ ހަވީރުގައި އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑްގެ އެކި ކޮމްޕޯނަންޓްތަކުން ވަނީ ބައިވެރިވެފައެވެ.
އެގޮތުން އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ސ.ހިތަދޫ ފަޔަރ ސްޓޭޝަންގެ ސިފައިންނާއި އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑު ފޯތު ސްކޮޑްރަންގެ ސިފައިންނާއި އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑްގެ ސަރވިސް ސަޕޯޓް ކޮމްޕޯނަންޓް 4 ގެ ސިފައިންނާއި އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑްގެ މެރިން ޑިޕްލޯއިމަންޓް ޔުނިޓް 5 ގެ މެރިންސް ވަނީ ހަރަކާތްތެރިވެފައެވެ.
މި ހަރަކާތަކީ ބަރަކާތްތެރި އަޟްޙާ ޢީދުގެ މުނާސަބަތާ ގުޅުވައިގެން އައްޑޫސިޓީ މަރަދޫ ކައުންސިލުން އިންތިޒާމުކޮށްގެން ކުރިއަށްގެންދިޔަ ހަރަކާތެކެވެ.