English Edition
Dhivehi Edition

1443 ވަނަ އަހަރުގެ އަޟްޙާ ޢީދު ނަމާދުކުރާނީ ބޮޑު ޖަމާޢަތުގައެވެ.

އެގޮތުން ގްރޭޓާ މާލެ އޭރިޔާއިން މާލެ، ވިލިމާލެ، އަދި ހުޅުމާލޭގައި ބޮޑު ޖަމާޢަތުގައި އަޟްޙާ އީދު ނަމާދު ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ބޮޑުޖަމާޢަތް ބޭއްވުމަށް ހަމަޖެހިފައި ވަނީ މާލެ މާފަންނު ސްޓޭޑިއަމް، ހުޅުމާލެ ސްޓޭޑިއަމް (ސިންތެޓިކް ޓްރެކް) އަދި ވިލިމާލެ ބޯޅަދަނޑު ގައެވެ.

ޢީދު ނަމާދަށް ވަޑައިގަންނަވާއިރު ސަމާލުކަން ދެއްވަންވީ ކަންތައްތަކުގެ ތެރޭގައި:

  • ކޮންމެ ބޭފުޅަކުވެސް ގެއިން ވުޟޫކޮށްގެން އައުން.
  • އަމިއްލަ މުސައްލައެއް ގެންނެވުން.
  • އަމިއްލަ ފެންފުޅިއެއް ގެންނެވުން.
  • ފައިވާންލާނެ ކުޑަ ދަބަހެއް ނުވަތަ ކޮތަޅެއް ( ދަބަސް/ކޮތަޅު ޕްލާސްޓިކް އެއްޗަކަށް ނުވުން).

މިކަންތައްތަކަށް ސަމާލުކަން ދެއްވުމަށް އެންމެހާ ބޭފުޅުންނަށް ހަނދުމަފުޅުކޮށް އަރުވަމެވެ. އަދި ބޮޑު ޖަމާޢަތުގައި ޢީދު ނަމާދުކުރުމަށް ނިންމިނަމަވެސް މޫސުން ތަންނުދޭނަމަ ޢީދު ނަމާދު ކުރުން އޮންނާނީ މިސްކިތްތަކުގައެވެ.