English Edition
Dhivehi Edition

އެފްއޭއެމާއި ތިނަދޫ ސްޕޯޓްސް ގުޅިގެން މުޅި ހުވަދުއަތޮޅަށް ހުޅުވާލައިގެ އޭ.އެފް.ސީ / އެފް.އޭ.އެމް ސީ ސެޓިފިކެޓް ކޯޗިންގ ކޯހެއް ތިނަދޫގައި ފެށުމަށް ތައްޔާރުވެއްޖެއެވެ.

މި ކޯހަކީ ހުވަދު އަތޮޅުގެ ފުޓްބޯޅައަށް، ހާއްސަކޮށް ތިނަދޫގެ ފުޓްބޯޅައިގެ ފެންވަރު ރަގަނޅު ކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން ހިންގޭ ހަރަކާތެއް ކަމަށް އެކުލަބުން ބުނެއެވެ.

ކުޅިވަރުގެ ފަންނީ މީހުން ބިނާކުރުމަކީ އެކުޅިވަރު ކުރިއަރައިދިއުމަށް އޮތް އެންމެ ބޮޑު ވަސީލަތްކަމުގައި އެކުލަބުން ދެކޭ ކަމަށާއި ކުލަބުގެ އެންމެ ބޮޑު އެދުމަކީ މިކޯހުގެ ތެރެއިން ވީހާވެސް ގިނަ ފަރާތްތަކެއް މިދާއިރާއަށް ނުކުމެ ހިދުމަތްކުރުން ކަމަށްވެސް އެކުލަބުން ބުނެއެވެ. އަދި ތިނަދޫގައި ކައިރި މުސްތަގުބަލެއްގައި ފެށުމަށް ހަމަޖެހިފައިވާ ވައި.ޑީ.ޕީ ޕްރޮގްރާމަށް ރަނގަޅު ކޯޗުން ތަމްރީން ކުރުންވެސް މިކޯހުގެ މަގްސަދުތަކުގެ ތެރޭގައި ހިމެނޭކަން އެކުލަބުން ފާހަގަކުރެއެވެ.

އޮގަސްޓް 19 އިން 31 އަށް ގދ. ތިނަދޫގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މިކޯހާއި ގުޅޭ އިތުރު މައުލޫމާތު، 7900405 ގުޅުމުން ލިބޭނެކަމަށް އެކުލަބުން ބުނެއެވެ. އަދި މި ކޯހުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ޖުލައި 15 ވާ ހުކުރު ދުވަހުގެ ރޭގަނޑު 11:59 ގެ ކުރިން އެޕްލައި ކުރެއްވުމަށް އެކުލަބުން އެދެއެވެ.

މީގެ އިތުރުންވެސް ޒުވާން ހުނަރުވެރި ކުޅުންތެރިން އުފެއްދުމަށްޓަކައި ކުލަބުގެ އެކަޑަމީ ހަރަކާތްތައް ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށް އެކުލަބުން ފާހަގަކުރެއެވެ.