English Edition
Dhivehi Edition

ކޮންމެ ހަފުތާއަކު 145 ރުފިޔާއަށް 23 ޖީބީ ޑޭޓާ ލިބޭ ޚާއްޞަ ޕްރޮމޯޝަނެއް ދިރާގުން ފަށައިފިއެވެ.

“ސަޅި ވީކްލީ” ގެ ނަމުގައި ފެށި މި ޕްރޮމޯޝަންގެ ދަށުން ސަޅި ޕްރީޕެއިޑް ކަސްޓަމަރުންނަށް ކޮންމެ ހަފުތާއަކު ވެސް 145 ރުފިޔާއަށް 23 ޖީބީ ޑޭޓާ ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

މީގެ އިތުރުން ދިރާގު ޕްރީޕެއިޑް ކަސްޓަމަރުންގެ ތެރެއިން ކޮމްބޯ އާއި ސަޅި ޕްރީޕެއިޑް ގެންގުޅޭ ކަސްޓަމަރުން ނަމަ ސަޅި ވީކްލީ ޕްލޭންގެ ދަށުން ކޮންމެ ދުވަހަކު ތިން ޖީބީ ޑޭޓާ އާއި ހަފުތާ ބަންދުގައި ދެ ޖީބީ ސޯޝަލް މީޑިއާ ޑޭޓާ އެލެވެންސް ވެސް ލިބިގެންދާނެ ކަމަށް ދިރާގުން ބުނެއެވެ.

ވީކެންޑް ސޯޝަލް މީޑިއާ އެލަވަންސްގެ ތެރޭގައި ފޭސްބުކް އިންސްޓަގްރާމާއި ޓުވިޓަރ އަދި ސްނެޕްޗެޓް ހިމެނޭ އިރު، ސަޅި ވީކްލީ ޕްލޭންގެ ނަގާ ކަސްޓަމަރުންނަށް ދިރާގު ނަންބަރުތަކަށް ހިލޭ ގުޅޭނެއެވެ.

އެ ކުންފުނީގެ މޯބައިލް އެޕް މެދުވެރިކޮށް އެ ޕްލޭން ނެގޭނެ ކަމަށް ވެސް ދިރާގުން ބުނެއެވެ.

ޓެގު