English Edition
Dhivehi Edition
Jar and spoonful of baking soda for multiple holistic usages.

ބޭކިން ސޯޑާ އަކީ އާންމުކޮށް، ކޮންމެ ގެއެއްގައިވެސް ބޭނުންކުރާ އެއްޗެކެވެ. ހާއްސަކޮށް ބޭކިން ސޯޑާ އަކީ ހަމަ ކޭކު އެޅުމަށް ބޭނުންކުރާ އެއްޗެއްގެ ގޮތުގައިވެސް ބައެއް މީހުން ގަބޫލުކުރެވެ. އެހެންނަމަވެސް ބޭކިން ސޯޑާއަކީ ހަމައެކަނި ކާތަކެތި ތައްޔާރުކުރުމުގެ އިތުރުންވެސް ވަރަށް ގިނަ ބޭނުންތަކަށް ބޭނުންކުރެވޭ އެއްޗެކެވެ.

  • ތަރުކާރީ އާއި މޭވާގައި ހުންނަ ޕެސްޓިސައިޑް ނުވަތަ ބޭހުގެ އަސަރު ނައްތާލުމަށް ބޭކިން ސޯޑާ ބޭނުންކުރެވިދާނެއެވެ. މި ގޮތުން އެއް ސަމުސާ ބޭކިން ސޮޑާ އާއި އެކު މޭވާ އާއި ތަރުކާރީ ފެނަށް އެޅުމަށްފަހު 15 މިނިޓްވަންދެން ބެހެއްޓިދާނެއެވެ.

  • ހެދުމުގައި ޖެހިފައިވާ ލަށް ފިލުވާލުމަށް ބޭކިން ސޮޑާ ބޭނުންކުރެވިދާނެއެވެ. މި ގޮތުން ހެދުން ދޮންނައިރު އަޅާ އޯމޯގެ އިތުރުން ބޭކިން ސޮޑާ ސަމުސަލެއް އަޅާލުމުން ހެދުން ސާފުވެ ލައް ފިލައިގެންދާނެއެވެ.

  • ފާހާނާ ސާފުކުރުމަށްވެސް ބޭކިން ސޮޑާއަކީ ވަރަށް ރަގަޅު އެއްޗެކެވެ. ހާއްސަކޮށް ފާހާނާގެ މުށިތައް ހުދުކޮށްލުމަށް ބޭކިން ސޮޑާއަކީ ހަމައެއް ވަނައެވެ. 20 މިނިޓް ވަންދެން ސާފުކުރަން ބޭނުންވާ ތަނުގައި ބޭކިން ސޮޑާ ޖަހާފައި ބެހެއްޓުމަށްފަހު ރަގަޅަށް ދޮވެލާށެވެ.