English Edition
Dhivehi Edition

ސައުތު އޭޝިއަން ޖޫނިއަރ އެންޑް ކެޑޭޓް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕް 2022 ގެ ޑިޖިޓަލް ޕާޓްނަރއަކަށް ދިރާގު ހަމަޖައްސައިފިއެވެ.

މި މަހުގެ 9 އިން 11 އަށް މާލޭގައި ކުރިއަށްގެންދާ ސައުތު އޭޝިއަން ޖޫނިއަރ އެންޑް ކެޑޭޓް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕަކީ މީގެ ކުރިންވެސް ރާއްޖޭގައި ބާއްވާ، ރާއްޖޭގެ ޒުވާން ޓީޓީ ކުޅުންތެރިން މެޑަލް ހޯދައިފައިވާ މުބާރާތެކެވެ.

މުބާރާތުގައި މިހާތަނަށް ރާއްޖެއަށް ލިބުނު އެންމެ ބޮޑު ކާމިޔާބަކީ މުބާރާތުގެ ކެޑޭޓް ކެޓަގަރީން ރާއްޖޭގެ ފާތިމަތު ދީމާ އަލީ ރަން މެޑަލް ހޯދުމާއި، ޖޫނިއަރ ބައިން އަންހެން ޓީމު ރިހި މެޑަލް ހޯދުމެވެ.

މިއަހަރު ރާއްޖޭގައި ބާއްވަން ތައްޔާރުވާ މުބާރާތަކީ މީގެ ކުރިން 2019 ވަނަ އަހަރު ބާއްވަން އޮތް މުބާރާތެކެވެ. އެ އަހަރުގެ މުބާރާތް ފަސްކުރީ ކޮވިޑް-19 ގެ ޢާލަމީ ވަބާގެ ސަބަބުންނެވެ.

މާދަމާ ފަށާ މި މުބާރާތުގައި ހަ ގައުމެއްގެ ޖޫނިއަރ 85 ކުޅުންތެރިޔަކު ވާދަކުރާނެއެވެ. މިއަހަރުގެ މުބާރާތުގައި ރާއްޖެ، ސްރީލަންކާ، ބޫޓާން، ނޭޕާލް، ބަންގްލަދޭޝް، އިންޑިއާ އަދި ޕާކިސްތާނުން ބައިވެރިވެއެވެ.

ޓެގު