English Edition
Dhivehi Edition

މިހާރު ކަންކަން ހިނގަމުންދާ ގޮތަށް ބަލާއިރު މިނިވަން އިންތިޚާބެއް ބޭއްވުމަކީ ވަރަށް އުނދަގޫ ކަމެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރުންނާ މުޚާތަބު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ އަންނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ހޮވަންޖެހޭނީ ގުޅިފައިވާ ޕާޓިތަކުގެ ތެރެއިން ނެރޭ އިންތިގާލީ ރައީސެއް ކަމަށާއި އެ ރައީސެއްގެ ދައުރަކީ މުއައްސަސާތައް އިސްލާހުކުރުން ކަމަށެވެ.

އިންތިގާލީ ރައީސަކު ހޮވުމާއި މެދު ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ އިންތިގާލީ ކެނޑިޑޭޓަކު ނެރޭނީ ކޯލިޝަންތަކާ ގުޅިގެން ނެރޭ ލިސްޓަކުން ކަމަށާއި އިންތިގާލީ ރައީސަކު ހޮވުމަކީ ރާއްޖެއަށް އެންމެ ފައިދާ ހުރިގޮތް ކަމުގައެވެ. އަދި އެކަމަށް އެމްޑީޕީގެ ގައުމީ މަޖިލީހުގެ ތާއީދު ލިބޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ނަޝީދު ވަނީ ވިދާޅުވި އެވެ.