English Edition
Dhivehi Edition
2020 ވަނަ އަހަރު މާލެ މަގުމަތީ ފުލުހުން ހަރަކާްތްތެރިވަނީ ސަން ފޮޓޯ -- ފަޔާޒު މޫސާ

ރޭ ހުޅުމާލޭގައި ހިނގި މާރާމާރީތަކާއި ގުޅިގެން ފަސް މީހަކު ހައްޔަރުކޮށްފިއެވެ.

މާރާމާރީތަކާއި ގުޅިގެން ފުލުހުންގެ ހާއްސަ ޔުނިޓް، ސްޕެޝަލް އޮޕަރޭޝަން ޔުނިޓް (އެސްއޯ) ފުލުހުންގެ ފައުޖެއް ރަޔަޓް ގިއަރުގައި ފޭސް ދޭއްގެ ފްލެޓެއްވަނީ ބަލާ ފާސްކޮށްފައެވެ.

ހުޅުމާލޭގައި ހިންގި މާރާމާރީތަކާއި ގުޅުން ހުރި ކަމުގެ ތުހުމަތު ކުރެވޭ ފަސް މީހަކު ހުޅުމާލެ ފޭސް ދެއަކުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާއިރު، މި މީހުންނާއި ބެހޭ އިތުރު އެއްވެސް ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ،

ރޭ އިރާކޮޅު ހުޅުމާލޭގައި ހިނގި ދެ މާރާމާރީގައި ޒަޚަމްވި ދެމީހަކަށް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނައިރު ރޭ 02:15 ހާއިރު ސޯސަން މަގު، މުތީ ގޯޅި (ސިޓީ ބޭކަރީ ގޯޅި)ގައިވެސް ވަނީ މާރާމާރީ އެއް ހިންގާފައެވެ. އެމާރާމާރީ ހިނގި ސަރަހައްދުން ދެ މީހަކު ހައްޔަރުކޮށްފައިވާއިރު، މި ތިން މާރާމާރީ އާއި ގުޅިގެން މިހާތަނަށް ހައްޔަރުކޮށްފައިވާ މީހުންގެ ޖުމްލަ އަދަދެއް އަދި ފުލުހުން ހާމަކޮށްފައެއް ނުވެއެވެ،