English Edition
Dhivehi Edition

ބ.ކެންދޫ ފަޅުގައިއޮތް ތެޔޮބޯޓެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި ބިދޭސީއަކު ވަރަށް ބޮޑަށް ފިހިއްޖެއެވެ.

ފުލުހުންބުނީ މި ހާދިސާ ހިނގާފައިވަނީ މިއަދު ހެނދުނު 9:30 އެހައިކަންހާރު ކަމަށެވެ. އަލިފާނުގެ ހާދިސާގައި ފިހުނު ބިދޭސީމީހާ އޭދަފުށްޓަށް ގެންދިޔުމަށް ފުލުހުން ގެންދަނީ މަސައްކަތް ކުރަމުން ކަމަށް ފުލުހުންގެ މީޑިއާއިންވަނީ މައުލޫމާތު ދީފައެވެ.

ފުލުހުން ބުނީ ބޯޓުގައި ރޯވި އަލިފާން އަދިވެސް ނިއްވާ ނުލެވޭ ކަމަށެވެ. މިހާރު މަސައްކަތް ކުރަމުންދަނީ ފަޅުތެރެއިން އެބޯޓު ނެރުމަށް ކަމަށްވެސް މައުލޫމާތު ދިނެވެ.

އެބޯޓުގައި އަލިފާންރޯވި ސަބަބެއް އަދި އެނގިފައެއް ނުވެއެވެ. އެބޯޓުގައިހުރީ ކޯޗެއް ކަމެއްވެސް އަދިނޭނގެއެވެ. ފުލުހުން މިހާރު ގެންދަނީ އެކަންކަން ބަލަމުން ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.