English Edition
Dhivehi Edition

އައްޑޫ ސިޓީގައި މިއަހަރުގެ ފިޠުރު ޢީދުނަމާދުގެ ބޮޑު ޖަމާޢަތް ހެދުމުގެ އިންތިޒާމް ހަމަޖެހިފައިވަނީ އެ ސިޓީގެ ހިތަދޫ އާއި ފޭދޫ އަވަށުގައިކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފިއެވެ.

އައްޑޫ ސިޓީ ކައުންސިލުން ނެރުނު އިއުލާނެއްގައި ބުނީ މިއަހަރުގެ ފިޠުރު ޢީދުނަމާދު އެސިޓީގެ ގަން ،މަރަދޫ ،މަރަދޫފޭދޫ ،މީދޫ އަދި ހުޅުދޫ އަވަށުގެ ހުކުރުކުރާ ހުރިހާ މިސްކިތެއްގައި ފިޠުރުޢީދުނަމާދު ކުރުން އޮންނާނެކަމަށެވެ. އަދި ހިތަދޫ ސިޓީ ސްކްއެއަރގައި ބޮޑު ޖަމާއަތް ހެދުމަށް ނިންމާފައިވާއިރު، އެ އަވަށުގެ މަސްޖިދުއްޝޫރާ. މަސްޖިދުލް އިކްރާމް. މަސްޖިދުއް ޒިކުރާ. މަސްޖިދުލް އިޚްވާން. ހުކުރުމިސްކިތް. އައިމަލި މިސްކިތް. މަސްޖިދުއް ތަޤްވާ. މަސްޖިދު އިބްރާހީމް ގައި އީދު ނަމާދު އޮންނާނެކަމަށެވެ.

މީގެ އިތުރުން އައްޑޫ ސިޓީ ފޭދޫގައި ބޮޑު ޖަމާއަތް ހެދުމަށް ނިންމާފައިވަނީ އަސަރީހިނގުމުގެ ދެކުނުފަރާތު ހިއްކިބިމުގައި ކަމަށް އައްޑޫ ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ. އަދި އެ އަވަށުގެ މަސްޖިދުލް އަމާން ގައި ވެސް އީދު ނަމާދު ކުރުމަށް ހަމަޖެހިފައިވާކަމަށް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ،

އިތުރަށް އައްޑޫ ސިޓީ ކައުންސިލުން ބުނީ މޫސުމަށް އަންނަ ބަދަލަކާއި ގުޅިގެން މައިދާންތަކުގައި ފިޠުރު ޢީދުނަމާދުގެ ބޮޑު ޖަމާޢަތް ބޭއްވޭނެގޮތް ނުވެއްޖެނަމަ ހިތަދޫ އަދި ފޭދޫގެ ހުކުރުކުރާ ހުރިހާ މިސްކިތްތަކުގައި ފިޠުރުޢީދުނަމާދު ކުރުން އޮންނާނެކަމަށެވެ.