English Edition
Dhivehi Edition

ބްލައިންޑް އެންޑް ވިޝުއަލް އިމްޕެއާޑް ސޮސައިޓީ އޮފް މޯލްޑިވްސް (ބީވީއައިއެސްއެމް) ގެ މެންބަރުންނަށް ދިރާގުން ހިލޭ މޯބައިލް ޑޭޓާ ފޯރުކޮށްދޭން ނިންމައިފިއެވެ.

ދިރާގުން ބުނީ މިގޮތަށް ނިންމީ އެ ޖަމިއްޔާއިން އަންނަ މަހުގެ ތެރޭގައި ގުރުއާން މުބާރާތަކާއި ދީނީ ހަރަކާތްތަކާއި ތަފާތު ތަމްރީނު ޕްރޮގްރާމްތައް ބޭއްވުމަށް ރާވަމުން އަންނާތީ އެކަމަށް އެއްބާރުލުން ދިނުމުގެ ގޮތުން ކަމަށާއި މީގެ އިތުރުން ވެސް އެ ޖަމިއްޔާއިން އަންނަނީ ގިނަ ހަރަކާތްތަކެއް ރާވާ ހިންގަމުން ކަމަށްވާތީ އެވެ.

މީގެ އިތުރުން ބީވީއައިއެސްއެމް އަށް ފޯރުކޮށްދޭ ޚާއްޞަ ޑިޖިޓަލް މުވާސަލާތީ ޚިދުމަތް “ފޯންމީޓިންގ 130” އައުކޮށް ކުރިއަށްގެންދިއުމަށް ނިންމާފައިވާ ކަމަށް ވެސް ދިރާގުން ބުނެއެވެ. ދިރާގުގެ އިޖުތިމާއީ ޒިންމާގެ ދަށުން ކުރިއަށްގެންދާ މި ޚިދުމަތަކީ ދިރާގުން އެ ޖަމިއްޔާއަށް ޚާއްޞަކޮށްގެން ފަރުމާ ކޮށްފައިވާ ޚިދުމަތްތަކެވެ.

ދިރާގުން ބުނީ އެ ޚިދުމަތް ފޮރުކޮށްދިނުމުގެ މައިގަނޑު ބޭނުމަކީ ރާއްޖޭގައި ލޯފަން މީހުންގެ ހައްގުގައި މަސައްކަތްކުރާ ފަރާތްތައް ބާރުވެރިކުރުވައި، އެފަދަ ފަރާތްތަކަށް ހިތްވަރުދީ، މުޖުތަމައަށް ނެރުމަށް ކުރެވޭ މަސައްކަތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށެވެ.