English Edition
Dhivehi Edition

މެއިންޓެނަންސް މަސައްކަތެއް ކުރުމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) ގެ ކޯލް ސެންޓަރު މިއަދު ބަންދުވާނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

ވެމްކޯ އިން ބުނީ އެ މަސައްކަތް ނިމންމާ ކޯލް ސެންޓަރުން ޚިދުމަތް އަންނަ ހޮނިހިރު ދުވަހު ފަށާނެ ކަމަށެވެ. އަދި ހޮނިހިރު ދުވަހުގެ ހެނދުނު 9:00 އިން ފެށިގެން ކޯލް ސެންޓަރުގެ ޚިދުމަތް ލިބޭނެ ކަމަށް ބުންޏެވެ.

ކޯލް ސެންޓަރުގެ ޚިދުމަތްތައް މެދުކަނޑާލިނަމަވެސް ކުނި ނެގުން ހުއްޓުމެއް ނެތި ކުރިއަށްދާނެ ކަމަށް ވެސް ވެމްކޯ އިން ބުންޏެވެ.

ރަމަޟާން މަސް ނިމެންދެން ވެމްކޯއިން ކުނި ނެގުމުގެ ޚިދުމަތް ދެމުން ގެންދާނީ ރޭގަނޑު 8:00 އިން ފެށިގެން ރޭގަނޑު 00:00 ގެ ނިޔަލަށެވެ.

ޓެގު