English Edition
Dhivehi Edition
މީދޫގައި ހެދުމަށް ތައްޔާރުވަމުން އަންނަ މިސްކިތުގެ ކުރެހުން

އައްޑޫ ސިޓީ މީދޫގައި އިމާރާތްކުރަން ހަމަޖެހިފައިވާ މިސްކިތުގެ މަސައްކަތްކޮށް ދޭނެ ފަރާތެއް ހޯދުމަށް ހުޅުވާލި ފުރުސަތުގެ، މުއްދަތު އަނެއްކާވެސް އިތުރުކޮށްފިއެވެ.

މީދޫގައި އިމާރާތްކުރުމަށް ހަމަޖެހިފައިވާ، 700 މީހުންގެ ޖާގައިގެ މި މިސްކިތުގެ މަސައްކަތްކޮށްދޭނެ ބަޔަކު ހޯދުމަށް ދެވަނަ ފަހަރަށް އިއުލާންކޮށްފައިވަނީ މިދިޔަ މަހުގެ 22 ވަނަ ދުވަހު. އެ އިއުލާނުގައިވާ މުއްދަތު މިއަދަށް ހަމަވެފައިވާއިރު، މިއަދު މިނިސްޓްރީ އޮފް ފިނޭންސްއިން ކުރި އިއުލާނުގައިވަނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާރޒްގެ އެދުމުގެ މަތިން، މިސްކިތް އިމާރާތްކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި އިއުލާނުގެ މުއްދަތު މި މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފައެވެ،

ފިނޭންސް މިނިސްޓްރީން ކުރި އިއުލާނުގައި ބުނީ ކޮންމެ ބީލަމެއްގައި ބައިވެރިވުމަށް -/500 ރުފިޔާ ގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަވަންޖެހޭކަމަށެވެ. ފައިސާ ބަލައިގަންނާނީ 23 މާރިޗު 2022 އިން 21 އެޕްރީލް 2022 އަށް ބަންދު ނޫން ކޮންމެ ދުވަހެއްގެ 8:00 އިން 14:00 (ރަމަޟާން މަހު 0900 އިން 1300އަށް)، މިމިނިސްޓްރީގެ އޮންލައިން ޕޭމަންޓް ޕޯޓަލް – ބަނޑޭރި ޕޭ މެދުވެރިކޮށްކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

މި ޕްރޮޖެކްޓުގެ ބިޑްސެކިޔުރިޓީގެ ގޮތުގައި -/65,000 ރުފިޔާ ހުށަހަޅަންޖެހޭއިރު ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑު ހުޅުވާ ތާރީޚުން ފެށިގެން 148 ދުވަހެވެ. ބިޑު ހުޅުވުން އޮންނާނީ 26 އެޕްރީލް 2022 ވާ އަންގާރަ ދުވަހުގެ 11:00 ގައެވެ.